ENGLISH

04 ފެބްރުއަރީ 2026

Advertisement

ވަގަށް ގޮވުމަށް ފަހު ގަޕޯއަށް އެމްޑީޕީގެ ރިޔާސަތު ވަގުތީގޮތުން ހަވާލުކޮށްފި

08 ޑިސެމްބަރު 2025

|

އަޙުމަދު ޙަމީދު

ގަފޫރު އަދި އިބްރޭ --

އެމްޑީޕީގެ ޗެއާޕާސަންގެ މަގާމަށް ވަގުތީ ގޮތުން އިންތިޚާބު ކުރި ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލްޣަފޫރު މޫސާއަށް މިރޭ އޮތް އެމްޑީޕީގެ ގައުމީ މަޖިލީހުގެ ޖަލްސާގެ ރިޔާސަތު ހަވާލުކުރުމުގެ ކުރީން "ވަގަށް" ގޮވައިފި އެވެ.

ވަރަށް ބޮޑު ބައިބައިވުމަކާއި ޚިޔާލުތަފާތުވުން އޮތް އެމްޑީޕީން މިރޭ ބޭއްވި ގައުމީ މަޖިލީހުގެ ޖަލްސާގައި ވަނީ އެމްޑީޕީގެ ޗެއާޕާސަން ކަމަށް ބޭފުޅަކު އިންތިޚާބުކޮށްފަ އެވެ. މިރޭގެ ބައްދަލްވުމަށް އިނގުރައިދޫ ދާއިރާގެ އެމްޑީޕީގެ ރައީސް އިލްހާމް އަހްމަދު ވަނީ ވަގުތީ ޗެއާޕާސަން ކަމަށް ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލްޣަފޫރު މޫސާގެ ނަން ހުށައަޅާފަ އެވެ.

ޣަފޫރަށް 65 މެންބަރުން ވޯޓް ދިނެވެ. އެކަކު ވޯޓް ނުދީ އިނެވެ. 

ޣަފޫރު އިންތިޚާބުވިކަން އިއުލާނު ކުރުމަށް ފަހު ރިޔާސަތުގައި އިންނެވި އިބްރާހިމް ވަހީދު (މަދަނަ އިބްރޭ) ވަނީ ރިޔާސަތަށް ވަޑައިގަތުމަށް ޣަފޫރަށް ދައުވަތު ދެއްވާފަ އެވެ. ނަމަވެސް ޣަފޫރު ވަޑައިގަތުމުގެ ކުރީން އިބްރޭ ވަނީ މިރޭގެ ނިންމުމަކީ "ވައްކަން ކޮށްގެން" ނިންމި ނިންމުމެއް ކަމަށް ދޭހަވާ މޭރުމަކުން އެއްޗެއް ވިދާޅުވެފަ އެވެ.

"ވައްކަން ކޮށްގެން ނިމުނީ," ޓީވީތަކުން ވަގުތުން ދުރަށް ފޮނުވި އެ ޖަލްސާގައި އިބްރޭ ވިދާޅުވާ އަޑު އިވެ އެވެ.

އިބްރޭ އެހެން ވިދާޅުވީ އެ އަޑު މައިކަށް ނާރާނެ ކަމަށް ހީކޮށް ކަމަށް ބެލެވެ އެވެ. ނަަމަވެސް ޓީވީތަކުން ވަގުތުން ދުރަށް ފޮނުވި އެ ޖަލްސާގައި އެހެން ވިދާޅުވި އަޑު ސާފުކޮށް އިވެ އެވެ. އެކަން ޣަފޫރަށްވެސް އަދި ގައުމީ މަޖިލީހުގެ އެހެން މެންބަރުންނަށް ވެސް އެ ވަގުތު ފާހަގަވި ކަމަކަށް ނުބެލެވެ އެވެ.

އެންމެ ފަހުން އޮތް ގައުމީ މަޖިލީހުގެ ޖަލްސާވެސް ހޫނުވީ ޗެއާޕާސަންގެ މަގާމަށް ދެ ފެކްޝަނުން ދެ ބޭފުޅަކު ގެންނަން މަސައްކަތް ކުރުމުންނެވެ. ސޯލިހް ބޭނުންވީ އައްޑޫ އަސްލަމް ގެންނާށެވެ. ނަޝީދުގެ ފެކްޝަނުން ބޭނުންވީ ދިއްދޫ ވަހީދު ގެންނާށެވެ. ވަހީދަށް އެ މަގާމަށް ވަޑައިގަތުމަށް ބޭނުންވާ އަދަދަށް ވޯޓް ލިބުނު ކަމަށް ފަހުން އިބްރޭ އެއްބަސްވެސް ވި އެވެ. ނަމަވެސް އެ ރޭގެ ޖަލްސާގައި އެކަން އިއުލާނުކުރަން ދެކޮޅު ހެދި އެވެ. 

ޖަލްސާގެ ނިޒާމު ގެއްލިފައިވާ ކަމަށް ވިދާޅުވެ އެ ރޭގެ ޖަލްސާ އޭނާ ނިންމާލީ އެވެ.

ކިޔުންތެރިންގެ ހިޔާލު