ENGLISH
04 ފެބްރުއަރީ 2026
ދިވެހި ސިފައިންނަށް ފިނދަނައަށް ގޮވުމަށްފަހު މާފަށް ނޭދުނު، އެކަމަކު އާޒިމް ކުރި މަލާމަތް ކަމަކުނުދިޔަ
08 ޑިސެމްބަރު 2025
|
މާރިޔާ ދީދީ --
އެންމެ މަޤްބޫލު
ދިވެހި ސިފައިންގެ ޖިހާދަށް މަލާމަތް ރައްދުކޮށް އެއީ "ފިނޑި ފިނދަނަ" ތަކެއްގެ ގޮތުގައި ސިފަކޮށް ވާހަކަ ދެއްކެވި ކުރީގެ ޑިފެންސް މިނިސްޓަރު މާރިޔާ އަހްމަދު ދީދީ ކޯފާ އިސްކުރައްވާ އެމްޑީޕީއަށް ނިސްބަތްވާ މާލެ ސިޓީގެ މޭޔަރު އާދަމް އާޒިމް އެ ޕާޓީގެ މެންބަރުންނާއި ގުޅޭގޮތުން ދެއްކެވި ވާހަކަތަކަކަށް ވަރުގަދަ ރައްދެއް ދެއްވާ އެ ވާހަކަތަކަށް މާފަށް އެދިވަޑައިގަންނަވަން ޖެހިވަޑައިގަންނަވާނެ ކަމަށް ވިދާޅުވެއްޖެ އެވެ.
މަޤާމާއި ބާރުވެރިކަން ހޯދުމަށް ބޮޑު ވާދައަކާއި ބައިބައިވުމެއް އުފެދިފައި އޮތް އެމްޑީޕީގައި ކުރިއަށް އޮތް ކައުންސިލް އިންތިޚާބުގައި މާލެ ސިޓީގެ މޭޔަރު ކަަމަށް ކެންޑިޑޭޓަކު ހޮވަން ބާއްވާ ޕްރައިމަރީއަށް ކެމްޕެއިން ވަނީ ފަށާފަ އެވެ. މޭޔަރު ކަަމަށް ވާދަކުރަން ޓިކެޓަށް ކުރިމަތިލީ މިހާރުގެ މޭޔަރު އާދަމް އާޒިމާއި އެމްޑީޕީ ރޫޅާލަން ނިކުތް ޓީމުގައި އިސްކޮށް ހުންނެވި އަލީ އާޒިމެވެ.
މި ފަހުން އޮތް ކެމްޕެއިން ބައްދަލްވުމެއްގައި އާދަމް އާޒިމް ވަނީ އެމްޑީޕީން ވެރިކަން ގެއްލުމުން އެ ޕާޓީ އޮތީ "ހުން އައިސް ރަޖާ ލައިގެން ފިނޑި ބައެއްގެ ގޮތުގައި" ކަމަށް ވިދާޅުވެ ވާހަކަ ދައްކަވާފަ އެވެ. އެމްޑީޕީ "މަރުވެފައި" އޮއްވާ އަލުން ރޫހު ގެނައީ އޭނާ ކަމަށް އާޒިމް ވިދާޅުވެ އެވެ.
އާޒިމް އެހެން ވިދާޅުވުމުން "އެމްޑީޕީގެ މަންމަ" އަކީ އޭނާ ކަމަށް ވިދާޅުވެ ވަރަށް ބޮޑަށް ކޯފާ އިސްކުރައްވާ މާރިޔާ ވަނީ ރައްދު ދެއްވާފަ އެވެ. އަދި ވިދާޅުވީ އެމްޑީޕީގެ މެންބަރުންނަކީ "ފިނޑި" ބައެއްގެ ގޮތުގައި ސިފަކޮށްގެން ނުވާނެ ކަމަށެވެ. އާޒިމަށް ފާޑުވިދާޅުވެ މާރިޔާ ވަނީ އެކަމަށް މާފަށް އެދެން ވެސް ގޮވާލައްވާފަ އެވެ.
މާރިޔާގެ މި ވާހަކަތަކާ އެކު އެެތައް ބަޔަކު ވަނީ އޭނާ އަކީ އާޒިމް ދެއްކެވި ވާހަކަތަކަށް ވުރެ "މާ ހުތުރު" ވާހަކަތަކެއް ދެއްކެވި ބޭފުޅެއްކަން ހަނދާން ކޮށް ދީފަ އެވެ. މާރިޔާ އަކީ ދިވެހި ސިފައިން, 1988 ވަނަ އަހަރު ދީނާއި ޤައުމުގެ ދިފާއުގައި ކުރެއްވި ޖިހާދަށް ފުރައްސާރަކޮށް ދިވެހި ސިފައިން އެ ދުވަހު ތިބީ "ފިނޑި ފިނދަނަ" ތަކެއްގެ ގޮތުގައި ފިލާ ކަމަށް ވިދާޅުވެ ދެއްކެވި ވާހަކަތައް ހަނދާން ކޮށްދީފަ އެވެ.
އަދި އެ ވާހަކަތަކަށް މާފަށް އެދިވަޑައިނުގެން ހުންނަވާ އާޒިމް, އެމްޑީޕީގެ މެންބަރުންނަށް ކުރެއްވި މަލާމަތް ކަމުނުދިއުމަކީ ހެއްވާ ކަމެއް ކަމަށް ބުނެފައިވެ އެވެ. ބައެއް މީހުން ވަނީ އާޒިމް ވިދާޅުވީ ރަނގަޅު ވާހަކައެއް ކަމަށް ބުނެފަ އެވެ.
އެގޮތުން ސޯލިހްގެ ސަރުކާރު ރައްޔިތުން ބަދަލުކުރުމުން ފުރަތަމަ މަަސައްކަތް ކުރީ މަޖިލީހުގައި އޮތް މެޖޯރިޓީގެ ބޭނުން ނަހަމަ ގޮތުގައި ހިފާ ރައީސް މުޢިއްޒުގެ ވެރިކަން ވައްޓާލަން ކަމަށާ އެކަން ނުވުމުން އެންމެން ގެއަށް ވަދެ ތިބީ "ފިލާ" ކަަމަށް ބުނެފަ އެވެ. އަދި މިއަދު ވެސް އެމްޑީޕީގައި އޮތީ ރައްޔިތުންނާއި ޤައުމަށް ހެޔޮ އެދުމުގެ އެޖެންޑާއެއް ނޫން ކަމަށާ މުޅީން ވެސް ފެންނަނީ މަޤާމާއި ބާރު ހޯދަން އެއް ބަޔަކު އަނެއް ބަޔަކާއި ވާދަކުރާ މަންޒަރު ކަަމަށް ބުނެ ބައެއް މީހުން ވަނީ މާރިޔާއާ އެމްޑީޕީގެ ވެރީންނަށް ވަރަށް ބޮޑަށް ފާޑުކިޔާފަ އެވެ.
ނުޖޫމީ އިލްމުވެރިޔާ ·