ENGLISH

08 ޑިސެމްބަރު 2025

Advertisement

ބޮޑު ފަސޭހައެއް; ބޮޑުތަކުރުފާނު މަގުގައި ތާރު އެޅި ސަރަޙައްދު އާއްމުންނަށް ހުޅުވާލައިފި

08 ޑިސެމްބަރު 2025

|

އަޙުމަދު ޙަމީދު

ބޮޑުތަކުރުފާނު މަގު ތަރައްޤީކުރުމުގެ މަސައްކަތުގެ ފުރަތަމަ ފިޔަވަހީގެ މަސައްކަތް ނިންމައި އާއްމުންނަށް ހުޅުވާލުން -- ފޮޓޯ: އެމްޓީސީސީ

ސަރުކާރުން ފެށި ބޮޑުތަކުރުފާނު މަގު ތަރައްޤީކުރުމުގެ މަސައްކަތުގެ ފުރަތަމަ ފިޔަވަހީގެ މަސައްކަތް ނިންމައި އާއްމުންނަށް ހުޅުވާލައިފި އެވެ.

ބޮޑުތަކުރުފާނު މަގު ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ މަސައްކަތް އެމްޓީސީސީން ފަށައި ފުރަތަމަ ތަރައްޤީ ކުރީ މާލޭގެ އެންމެ ކާރުބާރު ބޮޑު އެއް ސަރަޙައްދު ކަމަށްވާ އެމްއެމްއޭ ސަރަޙައްދެވެ. އެ ސަރަޙައްދުގައި އިއްޔެ ވަނީ ތާރު އަޅައި ނިންމައިފައެވެ. އަދި މިއަދު ވަނީ އެ ސަރަހަައްދު އާންމުންނަށް ހުޅުވާލާފަ އެވެ.

މަގު ހުޅުވާލުމުގެ ކުރީން އެ މަގުގައި ޓްރެފިކް ނިޝާންތަކުގެ ބޯޑުތައް ހަރުކުރުމުގެ މަސައްކަތާއި މަގުގައި ޓްރެފިކް ނިޝާން ކުރެހުމުގެ މަސައްކަތް ވެސް ވަނީ ނިންމާފަ އެވެ.

ފުރަތަމަ ފިޔަވަހީގައި 140 މީޓަރުގައި ތާރު ވަނީ އަޅައިފަ އެވެ. 

ފުރަތަމަ ފިޔަވަހި އާއްމުންނަށް ހުޅުވާލުމަށްފަހު، ވަރަށް އަވަހަށް ދެވަނަ ފިޔަވަހީގެ މަސައްކަތް ފަށާނެ އެވެ. ދެވަނަ ފިޔަވަހީގައި ހިމެނެނީ ލޯކަލް މާރުކޭޓުން ފަށައިގެން ނޯޓު ހާބަރާ ހަމައަށެވެ. އެއީ 250 މީޓަރުގެ ސަރަޙައްދެކެވެ. 

އެމްޓީސީސީން ބުނީ އަންނަ ހަފްތާގައި ދެވަނަ ފިޔަވަހީގެ މަސައްކަތް ފެށޭނެ ކަމަށެވެ. ދެން ފަށާ ސަރަޙައްދުގައި ވެސް އެއްގަމު ތޮށީގެ މަސައްކަތާއެކު ސްޓެލްކޯ އަދި އެމްޑަބްލިއުއެސްސީގެ ނެޓްވޯކުގެ މަސައްކަތް ކުރިއަށް ދާނެ ކަމަށް އެމްޓީސީސީން ބުނެފައިވެއެވެ. 

މާލެގޭ މަލަމަތީގެ ހިތްގައިމުކަން ބަދަލުކޮށްލާނެ މަޝްރޫޢުގެ މުޅި މަސައްކަތް ކުރިއަށްގެންދާނީ ހެންވޭރު ފެރީ ޓާމިނަލާ ހަމައަށެވެ. އެގޮތުން ނޯތު ހާބަރުން ފެށިގެން އެހިސާބަށް 1088 މީޓަރު ސަރަޙައްދު ތަރައްޤީކުރާނެ އެވެ. 

ޖުމްލަ ފަސް ސެގްމެންޓް ހިމެނޭ މަސައްކަތް އެމްޓީސީސީއާ ޙަވާލުކުރީ 144 މިލިއަން ރުފިޔާއަށެވެ. 

ބޮޑުތަކުރުފާނުގެ މަސައްކަތް ބާރު ސްޕީޑުގައި ކުރިއަށްދާއިރު، މާލޭގެ މަގުތައް ހެދުމުގެ ޢަމަލީ މަސައްކަތް ފެށުމުގެ ތައްޔާރީތައް ވެސް ސަރުކާރުން އަންނަނީ ވަމުންނެވެ. މާލޭގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީ ކުރަނީ ޗައިނާ ސަރުކާރުގެ ހިލޭ އެހީގެ ދަށުންނެވެ. 

ކިޔުންތެރިންގެ ހިޔާލު