ENGLISH

08 ޑިސެމްބަރު 2025

Advertisement

ފެރިދޫ ފުލުހުންގެ އިދާރާގެ ކޮންކްރީޓް މަސައްކަތް ނިމިއްޖެ

08 ޑިސެމްބަރު 2025

|

އާމިނަތު ނުޒްލާ

އއ. ފެރިދޫގެ ފުލުހުންގެ އިދާރާގެ މަސައްކަތް ކުރިއަށްދަނީ. --ފޮޓޯ:އެމްޓީސީސީ

އއ. ފެރިދޫގައި ގާއިމްކުރާ ފުލުހުންގެ އިދާރާގެ ތަނބުތަކުގެ މަސައްކަތާއި، ރޭނުމުގެ މަސައްކަތުގެ އިތުރުން ފުރާޅުގެ ގިއުގަނޑުގެ މަސައްކަތް ކުރިއަށްދާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފި އެވެ.

މީގެ އިތުރުން ފާޚާނާގެ ފެންވައިރުކުރުމުގެ މަސައްކަތްތައް ވެސް ކުރިއަށްދާ ކަމަށް އެ ކުންފުނިން ބުންޏެވެ.

ފެރިދޫގައި ފުލުހުންގެ އިދާރާގެ ބިންގާ އަޅާފައި ވަނީ، ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، އއ. އަތޮޅަށް މި އަހަރު އޮގަސްޓް މަހު ކުރެއްވި ދަތުރުފުޅުގަ އެވެ.

މި ރަސްމިއްޔާތުގައި ފުލުހުންގެ މަރުކަޒުގެ އަމަލީ މަސައްކަތް ފައްޓަވައިދެއްވީ ދާޚިލީ ސަލާމަތާއި ފަންނިއްޔާތާއި ބެހޭ ވަޒީރު ޢަލީ އިޙްސާނާއި، ފޮލިސް ކޮމިޝަނަރު އިސްމާއިލް ނަވީންގެ އިތުރުން އެމްޓީސީސީގެ މެނޭޖިން ޑިރެކްޓަރު އަހްމަދު ސައުދީ އެވެ. 

މިއީ ރާއްޖޭގެ ހުރިހާ ރަށެއްގައި ފުލުހުންގެ ޚިދުމަތް ފުޅާ ކުރެއްވުމަށް ރައީސުލްޖުމާހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ފައްޓަވާފައިވާ ސިޔާސަތުގެ ދަށުން ކުރިއަށް ގެންދާ މަޝްރޫއުއެކެވެ.

ރާއްޖޭގެ ހުރިހާ ރަށެއްގައި ފުލުހުން ޤާއިމުވެ ތިބެ ޚިދުމަތް ދޭނެ އިންތިޒާމު ހަމަޖައްސަވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެވަޑައިގެންފައިވާ ވަޢުދުފުޅު ވަނީ ފުރިހަމަ ކުރައްވައިފަ އެވެ. އެ ތާރީޚުގެ ދެ މަސް ދުވަސް ކުރީން އެ ވަޢުދުފުޅު ވަނީ ފުރިހަމަވެފަ އެވެ. 

މި ސަރުކާރު ވެރިކަމަށް އައިއިރު ފުލުހުންގެ ޚިދުމަތް އެއްވެސް މިންވަރަކަށް ޤާއިމުވެފައި ނެތް 66 ރަށް އޮތެވެ. އަދި ބައެއް ރަށްރަށުގައި ފުލުހުންގެ ޚިދުމަތް ދެމުން އައީ އަމިއްލަ މީސް މީހުންގެ އިމާރާތްތައް ކުއްޔަށް ނަގައިގެންނެވެ.

ރާއްޖޭގެ ހުރިހާ ރަށެއްގައި ފުލުހުންގެ ޚިދުމަތަށް، ފުލުހުންގެ އަމިއްލަ އިމާރާތް ޤާއިމުކުރުމުގެ މަސައްކަތަކީ ސަރުކާރުން ޚާއްސަ އިސްކަމެއް ދެއްވައިގެން ފައްޓަވާފައިވާ މަޝްރޫއެކެވެ.

ކިޔުންތެރިންގެ ހިޔާލު