ENGLISH

05 ޖުލައި 2025

Advertisement

ކުޅިވަރާ ބެހޭ ވަޒީރު ދިވެހި ޒުވާނުންގެ ލަފާދޭ ކޮމެޓީ އާ ބައްދަލުކުރައްވައިފި

02 ޑިސެމްބަރު 2024

|

ޢަލީ ޝާހީން

ކުޅިވަރާއި ހަށިހެޔޮކަމާބެހޭ ވުޒީރު

ކުޅިވަރުގެ ތެރޭގައި ޒުވާނުންގެ ބައިވެރިވުން އިތުރުކުރުމާ ބެހޭގޮތުން ކުޅިވަރާއި ހަށިހެޔޮކަމާބެހޭ ވަޒީރު އަބްދުﷲ ރާފިއު ދިވެހި ޒުވާނުންގެ ލަފާދޭ ކޮމެޓީއާ ބައްދަލުކުރައްވައި، މަޝްވަރާ ކުރައްވައިފިއެވެ.

ކުޅިވަރު ވުޒާރާގައި ދިވެހި ޒުވާނުންގެ ލަފާދޭ ކޮމެޓީ އާ މިއަދު ބައްދަލުކުރައްވައި، ކުޅިވަރުގެ ތެރެއިން ޒުވާނުން ބާރުވެރިކުރުވުމަށް ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތްތައް ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ.

މީގެއިތުރުން ޒުވާނުންނަށް މިހާތަނަށް ފަހިވެފައިވާ ފުރުސަތުތަކާއި، ދުޅަހެޔޮ ދިރިއުޅުމަކަށް ޒުވާނުން ބާރުވެރިކުރުވުމަށް ކުރެވޭނެ ކަންކަމާ ގުޅޭގޮތުންވެސް މަޝްވަރާ ކުރައްވާފައިވެއެވެ. 

މި ބައްދަލުވުމުގައި ދިވެހި ޒުވާނުންގެ ލަފާދޭ ކޮމެޓީގެ ޗެއާމަން ދާއޫދު އަޙުމަދު ވަނީ ފާއިތުވި ތިން މަސް ދުވަހުގެ ތެރޭގައި  އެ ކޮމިޓީގެ ފަރާތުން ކުރެއްވި މަސައްކަތްތައް ވަޒީރު އާ ހިއްސާކުރައްވާފައެވެ.

އަދި ކުޅިވަރު ވުޒާރާ އާ ގުޅިގެން ޒުވާނުން ބާރުވެރިކުރުވައި، މުސްތަޤުބަލުގެ ލީޑަރުން އުފެއްދުމަށް ކުރެވޭނެ މަސައްކަތްތަކާ ގުޅޭގޮތުންވެސް މި ބައްދަލުވުމުގައި މަޝްވަރާ ކުރައްވާފައިވެއެވެ.

މި ސަރުކާރުން ޒުވާނުންނަށް ޙާއްސަ އިސްކަމެއް ދީފައިވާއިރު، ރައީސް ޑރ. މުޙައްމަދު މުޢިއްޒު އުފެއްދެވި ދިވެހި ޒުވާނުންގެ ލަފާދޭ ކޮމެޓީ ގައި ރާއްޖޭގެ އެކި ދާއިރާތަކުން 15 މެމްބަރުން ހިމަނާފައިވެއެވެ. 

ކިޔުންތެރިންގެ ހިޔާލު