ENGLISH

05 ޖުލައި 2025

Advertisement

ފަލާހު ވިދާޅުވަނީ އެމްޑީޕީއަށް ރަނގަޅު އެއްގޮތްވެސް ނެތް ކަމަށް

02 ޑިސެމްބަރު 2024

|

އެމްއެމް ނިއުސް ޓީމް

މޯލްޑިވްސް ޑިމަކުރެޓިކް ޕާޓީ (އެމްޑީޕީ) އަށް ރަނގަޅު އެއްގޮތެއްވެސް ނޯންނާނެ ކަމަށް ކޮންގްރެސް ޕާޓީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަދި އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާހު (ފޮޓޯ) ވިދާޅުވެއްޖެ އެވެ.

ފަލާހު މިހެން ވިދާޅުވީ، މިއަދުގެ މަޖިލީހުގައި ކޮޕީރައިޓްސް ގާނޫނާ ގުޅޭ ބިލު ދިރާސާ ކުރުމަށް ދުވަސްތަކެއް ވޭތުވެގެންގޮސްފައިވާ ކަމަށް ވިދާޅުވެ ހިތަދޫ ދެކުނު ދާއިރާގެ މެމްބަރު އިބްރާހިމް ނާޒިލް ދެއްކެވިި ވާހަކައަށް ރައްދު ދެއްވަމުންނެވެ.

ފަލާހު ވިދާޅުވީ، އެމްޑީޕީއަށް ރަނގަޅު އެއްވެސް ގޮތެއް ނެތް ކަމަށެވެ. އެގޮތުން، މަޖިލީހުގެ ބިލުތައް އަވަސްވިޔަސް، ނުވަތަ ލަސްވިޔަސް އެމްޑީޕީއަށް ކަމުނުދާ ކަމަށެވެ.

"އަޅުގަނޑޫ ދަންނަވާލަން ބޭނުންވަނީ އެމްޑީޕީއަށް އެބަ އޮތްތޯއޭ ރަނގަޅު އެއްވެސް ގޮތެއް، ބިލެއް އަވަސްވެގެންވެސް ކަމަކުނުދޭ، ލަސްވެގެންވެސް ކަމަކުނުދޭ، އެހެންވީމާ މީގަ އެމްޑީޕީއަށް ރަނގަޅު ކޮންމެވެސް ގޮތެއް މިބޭފުޅުން އެބަޖެހޭ ވިދާޅުވާން، އަވަސްކުރަންވީތޯ ނޫނީ ލަސްކުރަންވީތޯ." ފަލާހު ވިދާޅުވިއެވެ. 

އިދިކޮޅުން ބުނަނީ މި މަޖިލީހަކީ ރަބަރު ސްޓޭމްޕްޖަހާ މަޖިލީހެއް ކަމަށާއި، ރައީސުލްޖުމްހޫރިއްޔާ އަންގަވަ ގޮތަށް ކަންކުރާ މަޖިލީހެއް ކަމަށްވެސް ފަލާހު ވިދާޅުވި އެވެ.

ފަލާހު އިތުރަށް ވިދާޅުވެފައި ވަނީ، އެމްޑީޕީ އިން ދައްކާވާހަކަ ދެކޮޅު ނުޖެހޭ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު