ENGLISH

07 ޑިސެމްބަރު 2025

Advertisement

ތުރާކުނުގައި އިމާރާތްކުރާ މިސްކިތުގެ ކޮންކްރީޓް މަސައްކަތުގެ 90 އިންސައްތަ ނިމިއްޖެ

07 ޑިސެމްބަރު 2025

|

އާމިނަތު ނުޒްލާ

ތުރާކުނުގައި އަލަށް ތަރައްޤީކުރާ މިސްކިތުގެ މަސައްކަތުގެ ތެރެއިން. --ފޮޓޯ:އެމްޓީސީސީ

ހއ. ތުރާކުނުގައި އަލަށް ތަރައްޤީކުރާ މިސްކިތުގެ ކޮންކްރީޓް މަސައްކަތުގެ 90 އިންސައްތަ މަސައްކަތް ނިމިފައިވާކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ.

އެމްޓީސީސީން ބުނީ މިހާރު ކުރިއަށްދާ މަސައްކަތްތަކުގެ ތެރެއިން، މުންނާރުގެ ރެއިންފޯސްމެންޓް ކޮންކްރީޓް މަސައްކަތުގެ 80 އިންސައްތަ ނިމިފައިވާ ކަމަށެވެ. މީގެ އިތުރުން ނަމާދު މާލަމުގެ ފުޅާރުގެ ސްޓްރަކްޗަރ ހެދުމުގެ މަސައްކަތް ކުރިއަށްދާކަމަށާއި ވުޟޫކުރާ ސަރަހައްދުގެ ޕްލަމްބިންގެ މަސައްކަތާއި، ވަށައި ފާރުގެ ކޮންކްރީޓް މަސައްކަތްވެސް ކުރިއަށްދާ ކަމަށެވެ.

ތުރާކުނުގައި ބިނާ ކުރަނީ 300 މީހުންގެ ޖާގައިގެ މިސްކިތެކެވެ. މި މިސްކިތުގައި ވުޟޫ ކުރެވޭ ދެ ސަރަހައްދެއް ހެދުމާއި، މުންނާރު ހެދުމުގެ މަސައްކަތް ހިމެނެ އެވެ. މި މިސްކިތް ފަރުމާކޮށްފައި ވަނީ އެތެރެއާއި ބޭރުން އިސްލާމީ ވަހުދަތު ރަމްޒުކޮށްދޭގޮތަށް އެންމެ ފަހުގެ ޒަމާނީ ސިފަތަކާއެކު އެވެ.

މި މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފައިވީ 365 ދުވަސްތެރޭ ނިންމާގޮތަށް 11.21 މިލިއަން ރުފިޔާއަށެވެ.

ކިޔުންތެރިންގެ ހިޔާލު