ENGLISH

05 ޖުލައި 2025

Advertisement

ސިވިލް ސާވިސްއިން ވަކިކޮށް، އޭޖީ އޮފީސް ވަކި ޚިދުމަތެއްގެ ގޮތުގައި ކަނޑައަޅަނީ

02 ޑިސެމްބަރު 2024

|

އެމްއެމް ނިއުސް ޓީމް

އެޓާނީ ޖެނެރަލް އޮފީސް، ސިވިލް ސާވިސް ކޮމިޝަނުން ވަކިކޮށް ވަކި ހިދުމަތެއްގެ ގޮތުގައި ހެދުމަށް އެޓާނީ ޖެނެރަލް އޮފީހުގެ ބިލެއް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފި އެވެ.

އެ ބިލު މަޖިލީހަށް ހުށަހެޅުއްވީ ސަރުކާރުގެ ފަރާތުން މާފަންނު ދެކުނު ދާއިރާގެ މެންބަރު އަބްދުالله ރިފާއު (ބޮޗޭ) އެވެ. އެ ބިލުގެ ފުރަތަމަ ކިޔުން މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވަނީ އިއްވާފަ އެވެ.

އެ ބިލު ހުށަހެޅުމުގެ ބޭނުމެއްގެ ގޮތުގައި ބަންޑާރަނައިބުގެ މަގާމަށް އައްޔަންކުރެވޭ ފަރާތެއްގައި ހުންނަޖެހޭ ޝަރުތުތަކާއި ބަންޑާރަނައިބުގެ ޒިންމާތަކާއި މަސްއޫލިއްޔަތުތަކާއި އެ ޒިންމާތަކާއި މަސްއޫލިއްޔަތުތައް އަދާކުރުމުގައި ބަންޑާރަ ނައިބު ތަބާވާންޖެހޭ ހަމަތައް ކަނޑައެޅުން ހިމެނެ އެވެ.

އެ އޮފީހުގެ މަސައްކަތްތައް ރޭވިފައިވާ ގޮތާއި އެ އޮފީސް ހިންގުމާގުޅޭ އުސޫލުތަކާއި އެ އޮފީހުގެ މުވައްޒަފުންނާގުޅޭ އެންމެހާ އުސޫލުތައް ކަނޑައެޅުމަށް ބޭނުންވާ ގާނޫނީ އޮނިގަނޑު އެކުލަވާލުމަކީވެސް އެ ބިލުގެ ބޭނުމެއްގެ ގޮތުގައި ހިމަނާފައިވެ އެވެ.

ބިލުގައިވާ ގޮތުން ބަނޑާރަ ނައިބުގެ އޮފީހުގެ މުވައްޒަފުން ދެ ބަޔަކަށް ބަހާލާނެ އެވެ. އެއީ ލީގަލް ސާވިސް ބަޔާއި އެޑްމިނިސްޓްރޭޓިވް ސާވިސްގެ ބައެވެ.

އެއީ ގާނޫނީ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް އަދާކުރުމަށްޓަކައި އައްޔަންކުރާ އެ ދާއިރާގެ ފަންނީ މުވައްޒަފުންގެ ބަޔާއި އެޑްމިނިސްޓްރޭޓިވް ސާވިސްގެ މުވައްޒަފުންގެ ގިންތީގައި ހިމެނޭ އެ އޮފީހުގެ ލީގަލް ޑިޕާޓްމަންޓްގެ އިދާރީ ހިންގުމާއި އޮފީހުގެ އާންމު އިދާރީ ހިންގުމުގެ މަގާމުތަކަށް އައްޔަންކުރާ މުވައްޒަފުންގެ ބައެވެ.

ކިޔުންތެރިންގެ ހިޔާލު