ENGLISH

05 ޑިސެމްބަރު 2025

Advertisement

ވެހިކަލް ޓޯކުރުމަށް ޚާއްސަ އުޅަނދެއް ބޭނުން ކުރަން ފަށައިފި

05 ޑިސެމްބަރު 2025

|

އާމިނަތު ނުޒްލާ

ވެހިކަލް ޓޯ ކުރުމަށް ފުލުހުން ބޭނުން ކުރާ ޚާއްސަ އުޅަނދު.-- ފޮޓޯ: ޕޮލިސް

ގްރޭޓާ މާލެ ސަރަޙަދުގައި ވެހިކަލްތައް ޓޯކުރުމަށް ޚާއްސަ އުޅަނދެއް ބޭނުންކުރަން ފަށާފައިވާކަމަށް ފުލުހުން ބުނެފި އެވެ.

ސޯޝަލް މީޑިއާގައި ހިއްސާކުރި ޕޯސްޓުގައި ފުލުހުން ބުނީ ހަތަރު ފުރޮޅުލީ ވެހިކަލްތައް ނަގަން ޚާއްސަ ޓޯ އުޅަނދެއް ބޭނުންކުރަން ފެށުމުން، ޓޯ ކުރުމުގެ މަސައްކަތަށް ވަރަށް ބޮޑު ލުޔެއް ލިބިގެންދާނެ ކަމަށެވެ.

ގަވާއިދާ ޚިލާފަށް ޕާކުކޮށްފައި ހުންނަ އުޅަނދުތައް ނަގަން ފުލުހުން މީގެ ކުރިން ބޭނުން ކުރަމުން އައީ ފޯކްލިފްޓެވެ. މިކަމުގެ ސަބަބުން ބައެއް އުޅަނދުތަކަށް އެކި ކަހަލަ ގެއްލުން ލިބި، އާންމުންގެ ގިނަ ޝަކުވާތަކެއް ލިބެ އެވެ.

ގާވާއިދާ ޚިލާފަށް މާލެ އާއި ހުޅުމާލޭގެ މަގުތަކުގައި ޕާކްކޮށްފައިވާ އުޅަނދުތައް ނެގުމުގެ މަސައްކަތް އެ އިދާރާއިން އަންނަނީ ކުރަމުންނެވެ.  މީގެ ތެރޭގައި ކަފިހި ހުރަހުގަ އާއި ގޯޅިތަކުގެ ކަންމަތީގައި ޕާކުކޮށްފައިވާ އުޅަނދުތައް ނެގުމުގެ މަސައްކަތް މިހާރު އަންނަނީ ފުލުހުން ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު