ENGLISH
05 ޖުލައި 2025
މައްސަލަތައް އަވަހަށް ނިންމުމަށްޓަކައި ކްރިމިނަލް ކޯޓް ރިސެސްއަށް ދިއުން ފަސްކޮށްފި
02 ޑިސެމްބަރު 2024
|
ކްރިމިނަލް ކޯޓުގެ ބޭރުގައި ދެ ފުލުހަކު މަޑުކޮށްލައިގެން
މައްސަލަތައް އަވަހަށް ނިންމުމަށްޓަކައި ރިސެސްއަށް ދިއުން ކްރިމިނަލް ކޯޓުން ފަސްކުރަން ނިންމައިފިއެވެ.
އެ ކޯޓުން މިގޮތަށް ނިންމީ ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނާއި ކްރިމިނަލް ކޯޓުގެ ޤަވާއިދާ އެއްގޮތަށް ކޯޓުގެ ގާޟީންގެ މަޖިލީހުންނެވެ.
ސުޕީރިއާ ކޯޓުތައް ކޮންމެ އަހަރަކު ދެ ފަހަރު ރިސެސްއަށް ދާނެއެވެ. ޢާންމުގޮތެއްގައި ޖޫން މަހާއި ޑިސެމްބަރު މަހު ކޯޓުތައް އޮންނަނީ ރިސެސްގައެވެ.
ކްރިމިނަލް ކޯޓުން ނެރުނު ބަޔާނެއްގައި ވިދާޅުވީ ކޯޓުގެ އިމާރާތަށް ދިމާވެފައިވާ ޖާގައިގެ ދަތިކަން އަދިވެސް ޙައްލުވެފައި ނުވާ ކަމަށާއި، މިވަގުތުވެސް ކޯޓުން މަސައްކަތް ކުރަނީ ޝަރީޢަތްކުރާ މާލަންތައް އެކި ގާޟީންނަށް އެކި ދުވަސްތަކަށް ބަހާލައިގެން ކަމަށެވެ.
މީގެ ސަބަބުން ކޯޓުން އެންމެ ބޭނުންވާ މިންވަރަށް އަޑުއެހުންތައް ތައާވަލުކުރުމުގައި ގޮންޖެހުންތައް އެބަހުރި ކަމަށާއި، އެހެންކަމުން މުޅި މަސް އެއްކޮށް ރިސެސްއަށް ނުދިއުމަށް ގާޟީންގެ މަޖިލީހުން ނިންމަވާފައިވާ ކަމަށް ކްރިމިނަލް ކޯޓުން ވިދާޅުވިއެވެ.
އެ ކޯޓުން ނިންމާފައިވަނީ މި މަހުގެ 15އިން ފެށިގެން ރިސެސްއަށް ދިއުމަށެވެ.
ކްރިމިނަލް ކޯޓުން ވިދާޅުވީ ހުޅުމާލޭގައި ކުރިން ކޯވިޑް ފެސިލިޓީގެ ގޮތުގައި ބޭނުންކުރި ޢިމާރާާތަށް އެ ކޯޓުގެ މަސައްކަތްތައް ބަދަލުކުރެވިއްޖެނަމަ ޖާގައިގެ ދަތި ކަމަށް ހައްލު ލިބި، މައްސަލަތައް އަވަސް ވެގެންދާނެ ކަމަށް ގަބޫލުކުރައްވާ ކަމަށެވެ.