ENGLISH
04 ޑިސެމްބަރު 2025
ރައްޔިތުން އެދޭ ކަންކަމަށް ސަރުކާރުން އެޓެންޑްވާނެ، އެއްވެސް ކަމެއް ދޫކޮށްނުލާނަން: ރައީސް
04 ޑިސެމްބަރު 2025
|
ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު މާފަންނު ރައްޔިތުންނާ ބައްދަލުކުރެއްވުން، ފޮޓޯ: ރައީސް އޮފީސް
ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ ރައްޔިތުންނާ ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ބައްދަލުކުރައްވާ ކުރެއްވުންތަކުގައި ސިޓީއާއި ލިޔުންތަކުގެ ޒަރީއާއިން ވަކިވަކި ރައްޔިތުން އެމަނިކުފާނާ ހިއްސާާކުރާ ކަންބޮޑުވުންތައް ހައްލުކުރުމުގެ މަސައްކަަތް ކުރެވެމުންދާކަމަށާއި، އެއްވެސް ރައްޔިތެއްގެ އެދުމެއް ނުވަތަ ޝަކުވާއެއް އެކަހެރިކޮށްލައި ދޫނުކޮށްލަވާ ކަމަށް ރައީސް ވިދާާޅުވެއްޖެއެވެ.
ރައްޔިތުންނާ ގާތުން މަސައްކަތްކުރެއްވުމުގެ ގޮތުން ރައްޔިތުންނާ ބައްދަލުކުރައްވަައި އެ ރައްޔިތުންގެ ހިޔާލާއި މަޝްވަރާ ހޯއްދެވުމަށް ކުރައްވާ މަސައްކަތްޕުޅުގެ ތެރެއިން، މާލޭ ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ކުރިއަށްގެންދަވާ ސިލްސިލާ ބައްދަލުވުންތަކުގެ ތެރެއިން، މާފަންނުގައި ދިރިއުޅޭ ރައްޔިތުންނާ މިރޭ ބައްދަލުކުރައްވައި ރައީސް ދެއްކެވި ވާހަކަފުޅުގައި، ރައީސް ވިދާޅުވީ އެމަނިކުފާނު މިހާތަނަަށް ބޭއްވެވި ކޮންމެ ބައްދަލުވުމެއްގައިވެސް ރައްޔިތުންނަށް އަމިއްލަ ނުވަތަ މުޖުތަމައާ ގުޅުންހުރި ކަންބޮޑުވުންތައް ސިޓީ ނުވަތަ ލިޔުމެއްގެ ޒަރީއާއިން ސީދާ އެމަނިކުފާނަށް އެރުވުމުގެ ފުރުސަތު ދެއްވި ކަމަށެވެ. އަދި މިރޭގެ ބައްދަލުވުމުގައި މާފަންނުގެ ރައްޔިތުންނަށްވެސް އެ ފުރުސަތު އޮންނާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
އިތުރަށް ރައީސް ވިދާޅުވީ މިގޮތަށް ބައްދަލުވުންތަކުގެ ތެރެއިން އެކި ރައްޔިތުންގެ ކަންބޮޑުވުންތައް ފާހަގަކޮށް، އެމަނިކުފާނުގެ އަތްޕުޅަށް އެރުވި ސިޓީތަކުގައި ހިމެނޭ ކަންކަަން ހައްލުުކުރުމަށް ހާއްސަ ސަމާލުކަމެއް ދީގެން ސަރުކާރުން މަސައްކަތްކުރަމުންދާ ކަމަށެވެ. އެމަނިކުފާނު ފާހަގަކުރެއްވި ގޮތުގައި މިފަދަ ސިޓީތަކުގައި ކޮންމެވެސް މިންވަރަކަށް މުޖުތަމައާ ގުޅުންހުރި މައްސަލަތައް ފާހަގަކޮށްފައި ހުއްޓަސް ގިނައީ އެ ސިޓީ ހަވާލުކުރާ ފަރާތްތަކުގެ އަމިއްލަ ޒާތީ ކަންބޮޑުވުންތަކެވެ.
"މިއިން ކޮންމެ ރަށެއްގަައި އަަޅުގަނޑާ ބައްދަލުވި ކޮންމެ ރައްޔިތަކުވެސް އަޅުގަނޑާ ހަވާލުކުރެއްވި، އެބޭފުޅަކު ބޭނުންވެލައްވަ ކަންކަން ބަޔާންކޮށްފައިވާ ސިޓީތަކަށްވެސް މިދަނީ ވަރަށް ސަމާލުކަންދީގެން އެޓެންޑްވަަމުން ހައްލުކުރަން މަސައްކަތްކުރަމުން،" ރައީސް ވިދާޅުވިއެވެ.
ރައީސް އިތުރަށް ވިދާޅުވީ މާލެ ސިޓީގެ ދެ އަވަށެއްގެ ރައްޔިތުންނާއެކު މިހާތަނަށް ބޭއްވެވި ބައްދަލުވުންތަކުގައި މިގޮތަށް ރައްޔިތުން ހިއްސާކޮށްފައި ހުރި ކަންބޮޑުވުންތަކަށް ހައްލު ހޯދުމުގެ މަސައްކަތް ސަރުކާރުން އަންނަނީ ކުރަމުންނެވެ.
ވަކިވަކިން އެމަނިކުފާނާ ބައްދަލުކުރުމަށް އެޕޮއިންޓްމެންޓު ހެދުމަށް އެދިވަޑައިގަންނަވާ ރައްޔިތުންނަށް ރައީސް ދެއްވީ އުފާވެރި ހަބަރެކެވެ. ވަކިވަކިން ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ލިބިވަޑައިގަންނަވަނީ މަދު ވަގުތުކޮޅެއްކަމުގައިވީ ނަމަވެސް، ވަގުތު ލިބިވަޑައިގަންނަވާ މިންވަރަކުން، ވަކިން އެމަނިކުފާނާ ބައްދަލުކުރައްވަން އެދޭ ރައްޔިތުންނާވެސް ބައްދަލުކުރައްވާނެ ކަމުގައި ރައީސް ވިދާޅުވިއެވެ.
ރައްޔިތުން އެދޭ އެއްވެސް އެދުމެއް ދޫނުކުރައްވަައި ހުރިހާ ކަމަކަށް ސަރުކާރުން އަޅަންޖެހޭ ފިޔަވަޅުތައް އަޅުއްވަމުންގެންދަވާނެކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ ވަގުތުން ކުރެވެން ހުރި ކަންކަން ވަގުތުން ނިންމަވައިދެއްވަމުންގެންދަވާއިރު، އޮންނަ އުސޫލުތަކުގެ ތެރެއިން ހަމަޖެހެންހުރި ކަންކަަން އެގޮތަށް ކުރިއަށްގެންދަވާ ކަމަށެވެ.