ENGLISH

04 ޑިސެމްބަރު 2025

Advertisement

ހިޔާ ފްލެޓްތަކުގެ އެއްބަސްވުމާއި އަގަށް ގެނައި ބަދަލު އެޗްޑީސީގެ ޕޯޓަލްއިން ފެންނަ ގޮތް ހަދައިފި

04 ޑިސެމްބަރު 2025

|

މަރިޔަމް ލީމް

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ހަދާފައިވާ ހިޔާ ފްލެޓްތަކުގެ އެއްބަސްވުމާއި އަގަށް ގެނެސްފައިވާ އިސްލާހު ހައުސިންގ ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ "މައި ހުޅުމާލެ ޕޯޓަލް" އިން ފެންނާނެ ގޮތް މިއަދު ހަދައިފިއެވެ.

މިކަމާ ގުޅޭގޮތުން އެޗްޑީސީން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވާ ގޮތުގައި "މައި ހުޅުމާލެ ޕޯޓަލް" އިން ފެންނާނެ ގޮތް ހެދުމުގެ ބޭނުމަކީ ސަރުކާރުން ހިޔާ ފްލެޓުތަކުގެ ކުއްޔަށް ދީފައިވާ ލުއިތަކާ ގުޅިގެން ފުރިހަމަ ކުރަން ޖެހޭ ލިޔެކިޔުންތައް ފުރިހަމަކުރުމުގެ ބޭނުމަށްޓަކައެވެ.

މި މަސައްކަތަކީ ހިޔާ ފުލެޓް ލިބިފައިވާ މީހުންނަށް ސަރުކާރުން ދިން ލުއިތައް ރަސްމީކުރުމަށް ކުރެވުނު މުހިންމު މަސައްކަތެއް ކަމަށް އެޗްޑީސީން ފާހަގަކޮށްފައިވެއެވެ. އަދި ހިޔާ ފްލެޓުގެ އެއްބަސްވުމުގައި ސޮއިކޮށްފައިވާ އެންމެހާ ފަރާތްތަކުން "މައި ހުޅުމާލެ ޕޯޓަލް" ގެ އިއުލާނުގައިވާ ލިންކު މެދުވެރިކޮށް އެއްބަސްވުމުގެ އިސްލާހު ފުރިހަމަކުރުމަށް އެޗްޑީސީން އެދިފައިވެއެވެ.

މި ނޫސްބަޔާނުގައި ފޯމު ފުރިހަމަ ކުރައްވާ ފަރާތްތަކަށް އެހީތެރިވުމުގެ ގޮތުން ފަހަރަކު މަރުހަލާއެއް ކުރިޔަށްގެންދާނެ ގޮތް ވަނީ ބުނެދީފައެވެ.

ހިޔާ ފްލެޓްތަކުގެ ފިނިޝިންއަށް ފްލެޓް ލިބުނު މީހުންގެ އަމިއްލަ އަތުން ކުރި ޚަރަދު އަނބުރާ ދިނުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވައުދުފުޅެކެވެ. ރައީސްގެ އެ ވައުދު ފުއްދުމަށްޓަކައި ހިޔާ ފްލެޓްތަކުގެ ކުލިން 200،000ރ. ކުޑަކޮށްދޭން ސަރުކާރުން ވަނީ ނިންމާފައެވެ. ސަރުކާރުން އެކަން ކުރަން ނިންމީ ހިޔާ ފްލެޓްގެ ކުލި ކުޑަކޮށްގެންނެވެ.

ހިޔާ ފްލެޓްތަކުގެ ކުއްޔަކީ މިހާރު މެއިންޓެނަންސް ފީއާ އެކު މަހަކު 4،984ރ. އެވެ.

ކިޔުންތެރިންގެ ހިޔާލު