ENGLISH
05 ޖުލައި 2025
1.8 މިލިއަން ފަތުރުވެރިން ރާއްޖެ އަތުވެއްޖެ
02 ޑިސެމްބަރު 2024
|
ރާއްޖެއަށް ޒިޔާރަތްކުރި ޓޫރިސްޓުންތަކެއް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި
މި އަހަރުގެ 11 މަސް ނިމުނުއިރު 1.8 މިލިއަން ފަތުރުވެރިން ރާއްޖެ ޒިޔާރަތްކޮށްފި ކަމަށް ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.
މިއަހަރަށް ސަރުކާރުން އަމާޒު ހިފާފައި ވަބީ ދެ މިލިއަން ޓޫރިސްޓުން ރާއްޖެ ގެނައުމަށެވެ. އެހެންކަމުން ޑިސެމްބަރު މަހު ރާއްޖެއަށް 162،367 ފަތުރުވެރިން އައުމުން ސަރުކާރުން މިއަހަރަށް ހިފާފައިވާ އަމާޒު ޙާސިލުވާނެއެވެ.
ވަކިވަކި މަސްމަހު ޓޫރިސްޓުން ޒިޔާރަތްކުރި ގޮތަށް ބަލާއިރު، މިއަހަރުގެ ޖަނަވަރީ މަހު އައީ 192،385 ފަތުރުވެރިންނެވެ. ފެބްރުއަރީ މަހު 217،398 ފަތުރުވެރިން، މާރޗް މަހު 194،227 ފަތުރުވެރިން، އޭޕްރީލް މަހު 168،366 ފަތުރުވެރިން މެއި މަހު 119،875 ފަތުރުވެރިންގެ އިތުރުން ޖޫން މަހު 123،284 ފަތުރުވެރިންނެވެ. އަދި ޖުލައި ރާއްޖެ އައިސްފައިވަނީ 167،528 ފަތުރުވެރިންނެވެ. އޮގަސްޓް މަހު 176،175 ފަތުރުވެރިންނެވެ. ސެޕްޓެމްބަރު މަހު ރެކޯޑް ކުރެވިފައިވަނީ 132،795 ފަތުރުވެރިންނެވެ. އޮކްޓޯބަރު މަހު 172،621 ފަތުރުވެރިން ރާއްޖެ އައިސްފައިވެއެވެ. ނޮވެމްބަރު މަހު 172،985 ފަތުރުވެރިން ރާއްޖެ އައެވެ.
ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާގޮތުން މިދިޔަ އަހަރާއި އަޅާބަލާއިރު މިއަހަރުގެ ފުރަތަމަ 11 މަސްދުވަހު ރާއްޖޭގެ ފަތުރުވެރިކަން ވަނީ %9.1 ކުރިއެރުމެއް ހޯދާފައެވެ. އަދި މިހާރު އެވްރެޖްކޮށް ދުވާލެއްގެ މައްޗަށް ރާއްޖެއަށް 5485 ފަތުރުވެރިން އާދެއެވެ. ސަރުކާރުން ލަފާކުރައްވަފައިވަނީ އަންނަ އަހަރު ރާއްޖެއަށް 2.2 މިލިޔަން ފަތުރުވެރިން އަންނާނެ ކަމަށެވެ.