ENGLISH

04 ޑިސެމްބަރު 2025

Advertisement

ކްރޫޒްލައިނާއިން 600 އަށް ވުރެ ގިނަ ފަތުރުވެރިން ރާއްޖެ އަތުވެއްޖެ

04 ޑިސެމްބަރު 2025

|

މަރިޔަމް ލީމް

ރާއްޖެ ޒިޔާރަތްކޮށްފައިވާ ކްރޫޒްލައިނާއަކުން 600 ފަތުރުވެރިން އައިސްފައިވާ ކަމަށް މޯލްޑިވްސް އިމިގްރޭޝަނުން ބުނެފިއެވެ.

މޯލްޑިވްސް އިމިގްރޭޝަނުން 'އެކްސް' ގައި މިއަދު ކޮށްފައިވާ ޕޯސްޓުގައި ބުނީ "އަޒަމަރާ ޕާސުއިޓް" ނަމަކަށް ކިޔާ ކުރޫޒްލައިނާގެ ފަސިންޖަރުންނާއި ކްރޫންނަށް އިމިގްރޭޝަންގެ ސީޕޯޓް ޑިވިޝަނުން އިއްޔެ ކްލިއަރެންސްދީފައިވާ ކަމަށެވެ. 

މި ކްރޫޒްލައިނާ ރާއްޖެ އައީ މޮރިޝަސްގެ ޕޯޓް ލުއީއިން ފުރައިގެންނެވެ.

މިއީ އެ ގައުމުން އައި ކްރޫޒްލައިނާއަކަށް ކްލިއަރެންސް ދިން ފުރަތަމަ ފަހަރު ކަމަށްވާއިރު، މީގެ ތެރޭގައި 649  ފަސިންޖަރުންނާއި 396 ކްރޫން ހިމެނޭ ކަމަށް އިމިގްރޭޝަނުން ބުނެފައިވެއެވެ.

މި އަހަރުގެ މާޗު މަހު ވެސް ކްރޫޒްލައިނާއެއް ރާއްޖެ އައިސްފައިވެ އެވެ. އެ ކްރުޒްލައިނާގައި 1274 ފަތުރުވެރިންނާއެކު 751 ފަޅުވެރިން ރާއްޖެ އައިސްފައިވެއެވެ.

މިއަހަރު ރާއްޖެ އައި އެންމެ ފުރަތަމަ ކްރޫޒްލައިނާ މާލޭ ބޭރުގައި ބަނދަރުކުރީ ޖަނަވަރީ މަހުގެ ކުރީކޮޅުއެވެ. އެ ކްރޫޒްލައިނާއިން 632 މީހަކަށް އިމިގްރޭޝަނުން ކްލިއަރެންސް ދިނެވެ. އެއީ 216 ފަސިންޖަރުންނާއި 416 ކްރޫއިންނެވެ. އެ ބޯޓު ރާއްޖެ އައީ ސީޝެލްސްއިން ފުރައިގެންނެވެ. 

ރާއްޖެ ޒިޔާރަތްކުރާ ކްރޫޒްލައިނާތައް ގިނަވެފައިވާއިރު، ކްރޫޒްލައިނާތަކަށް ޚާއްސަ ޖެޓީތައް ރާއްޖޭގެ ތިން ސަރަހައްދެއްގައި ތަރައްގީކުރުމަށް ސަރުކާރުން ވަނީ ނިންމައިފައެވެ.

ކިޔުންތެރިންގެ ހިޔާލު