ENGLISH

04 ޑިސެމްބަރު 2025

Advertisement

އޮޑިޓް އޮފީހުގެ އާ އިމާރާތުގެ މަސައްކަތް ކުރިއަށްދަނީ

04 ޑިސެމްބަރު 2025

|

އާމިނަތު ނުޒްލާ

އޮޑިޓް އޮފީހުގެ ބޭނުމަށް ތަރައްގީކުރާ ހަ ބުރީގެ އައު އިމާރާތުގެ މަސައްކަތް ކުރިއަށްދަނީ--ފޮޓޯ:އެމްޓީސީސީ

އޮޑިޓަރ ޖެނެރަލް އޮފީހުގެ ބޭނުމަށް ތަރައްގީކުރާ ހަ ބުރީގެ އައު އިމާރާތުގެ މަސައްކަތް ހަލުވިކަމާއެކު ކުރިއަށްދާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފި އެވެ.

އެމްޓީސީސީން ބުނީ ޝީޓް ޕައިލްގެ މަސައްކަތް މިހާރު ނިމިފައިވާ ކަމަށެވެ. މިހާރު ކުރިއަށްދަނީ މެކޭނިކަލް ރޫފްގެ މަސައްކަތްތަކެވެ.

ޖާގައިގެ ދަތިކަން ކުރިމަތިވެފައިވާ އޮޑިޓަރ ޖެނެރަލް އޮފީހުގެ އައު އިމާރާތުގެ ބިންގާ އަޅާފައިވަނީ އޮކްޓޫބަރ 3، 2024 ގަ އެވެ.

މި އިމާރާތުގެ ބިންގާ އަޅުއްވައިދެއްވީ ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފް އާއި އިންފްރާސްޓްރަކްޗަ މިނިސްޓަރ ޑރ. އަބްދުالله މުއްތަލިބު އާއި އޮޑިޓަ ޖެނެރަލް އެވެ.

މިއީ 730 ދުވަހުގެ ތެރޭގައި ނިންމާގޮތަށް 138.67 މިލިއަން ރުފިޔާއަށް އެމްޓީސީސީއާ ހަވާލުކޮށްފައިވާ މަޝްރޫއެކެވެ.

މި އިމާރާތް ނިމުމާއެކު، ސްޓާފުންނަށް މަސައްކަތްކުރުމަށް އެކަށީގެންވާ މާހައުލެއް ޤާއިމުކުރުމަށް ބޭނުންވާ ޖާގަ ލިބި  ސްޓާފުންނަށް ޑޭކެއަރ ސެންޓަރަކާއި އަދި ޕާކް ކުރާނެ ޖާގަ ލިބިގެންދާނެ އެވެ. މީގެ އިތުރުން ލައިބްރަރީއާ އަދި ތަމްރީނުތަކާއި އިވެންޓުތައް ބޭއްވުމަށް ޖާގަ ތަނަވަސް ކޮންފަރެންސް ހޯލެއް ވެސް މި އިމާރާތުގައި ހިމެނެ އެވެ.

ކިޔުންތެރިންގެ ހިޔާލު