ENGLISH

04 ޑިސެމްބަރު 2025

Advertisement

މޯލްޑިވިއަނުން ވެލިދޫއަށް ސީޕްލޭންގެ ޚިދުމަތް ފަށަން ތައްޔާރުވެއްޖެ

04 ޑިސެމްބަރު 2025

|

އާމިނަތު ނުޒްލާ

މޯލްޑިވިއަންގެ ސީޕްލޭންއެއް. --ފޮޓޯ: އެޑިޝަން.އެމްވީ

ޤައުމީ އެއާލައިން މޯލްޑިވިއަނުން ނ. ވެލިދޫއަށް ސީޕްލޭން ދަތުރުތައް ފަށަން ތައްޔާރުވެއްޖެ އެވެ.

މޯލްޑިިވިއަނުން މިއަދު މީސްމީޑިއާގައި ކޮށްފައިވާ ޕޯސްޓެއްގައި ބުނީ، ވެލިދޫ އަކީ އެ އެއާލައިނުން ސީޕްލޭންގެ ޚިދުމަތް ފަށާ ދެވަނަ މަންޒިލް ކަމަށެވެ.

ކޮންމެ ހަފުތާއެއްގެ ބުދަ އަދި ހުކުރު ދުވަހު ވެލިދޫއަށް ދަތުރުތައް އޮންނާނެ ކަމަށް މޯލްޑިވިއަނުން ބުންޏެވެ.

ދިވެހީންނަށް އެއްކޮޅު ޚާއްސަ އަގެއްގެ ގޮތުގައި 999 ރުފިޔާ ކަނޑައަޅާފައިވާ ކަމަށް ވެސް މޯލްޑިވިއަނުން ވަނީ ބުނެފަ އެވެ.

މޯލްޑިވިއަނުން ފުރަތަމަ ސީޕްލޭންގެ ޚިދުމަތް މިދިޔަ ސެޕްޓެމްބަރު މަހު ފެށީ ބ. ކަމަދުއަށެވެ. އެ ޚިދުމަތް ފެށީ ހޯކްސް ހޮޓެލާ ގުޅިގެންނެވެ.

ނ. ވެލިދޫގައި ސީޕްލޭންގެ ޚިދުމަތް އަންނަ ޖެނުއަރީ މަހު ފަށާނެކަން ރައީސް ޑރ. މުހައްމަދު މުއިއްޒު އިއުލާން ކުރެއްވީ މިއަހަރު ޖުލައި މަހު އެރަށަށް ޒިޔާރަތް ކުރައްވާ އެރަށު ރައްޔިތުންނާއި މުޚާތަބުކުރައްވައި ދެއްކެވި ވާހަކަފުޅުގަ އެވެ.

ކިޔުންތެރިންގެ ހިޔާލު