ENGLISH

04 ޑިސެމްބަރު 2025

Advertisement

ދެއްވަދޫ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުގެ ތަނބުތަކުގެ މަސައްކަތް ކުރިއަށް

04 ޑިސެމްބަރު 2025

|

އާމިނަތު ނުޒްލާ

ދެއްވަދޫ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުގެ މަސައްކަތް ކުރިއަށްދަނީ--ފޮޓޯ:އެމްޓީސީސީ

ގއ. ދެއްވަދޫ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުގެ ތަނބުތަކުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފި އެވެ.

މި ސެންޓަރުގެ ތަނބުތައް ޖެހުމަށް ފްރޭމްވޯކް ސެޓަޕް ކުރުމުގެ މަސައްކަތް މިހާރު ނިމި، ބައެއް ތަނބުތަކުގެ ކޮންކްރީޓް މަސައްކަތް ވެސް ވަނީ ނިމިފަ އެވެ.

ކުރިއަށް އޮތް ދެ އަހަރު ދުވަހުގެ ތެރޭގައި ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުތައް ގާއިމުކުރުމަކީ ރައީސްގެ ވައުދުފުޅެކެވެ.

ރަށްރަށުގައި ގާއިމުކުރާ މި ސެންޓަރުތަކަކީ އެކިކަހަލަ ކަސްރަތުތަކާއި ކުޅިވަރުތައް ކުޅެވޭ ގޮތަށް ވަސީލަތްތައް ގާއިމުކޮށް، ދުޅަހެޔޮ ސިއްހަތެއްގައި ތިބުމަށް ރައްޔިތުންނަށް ބާރުއަޅުމާއެކު އެކަމަށް ހިތްވަރު ދިނުމުގެ ގޮތުން ސަރުކާރުން ހިންގަމުން އަންނަ ބޮޑު މަޝްރޫއެކެވެ.

މި ސެންޓަރު ގާއިމްކުރުމަށް އެމްޓީސީސީއާ ހަވާލުކުރެވިފައިވަނީ 4.6 މިލިއަނަށްވުރެ ގިނަ ރުފިޔާއަށެވެ.

އެމްޓީސީސީން އަންނަނީ ރާއްޖޭގެ ތަރައްގީގައި ބޮޑު ހިއްސާއެއް އަދާ ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު