ENGLISH

05 ޖުލައި 2025

Advertisement

ދަނޑުވެރިކަމުގެ ބޮޑު މަޝްރޫޢު ފުށި ދިއްގަރު ފަޅަށް ބަދަލުކޮށްފި

02 ޑިސެމްބަރު 2024

|

އެމްއެމް ނިއުސް ޓީމް

ފުށިދިއްގަރު ފަޅު

ކާބޯތަކެތީގެ ރައްކާތެރިކަން ރާއްޖޭގައި ގާއިމްކުރުމަށް ރައީސް ޑރ މުހައްމަދު މުއިއްޒު ގެންގުޅުއްވާ ތަސައްވަރުގެ ދަށުން އުތުރު ތިލަފަޅުން ބިން ހިއްކައިގެން ދެމެހެއްޓެނިވި ގޮތެއްގައި ދަނޑުވެރިކަން ކުރުމަށް މޯލްޑިވްސް އިންޑަސްޓްރިއަލް ޑިވެލޮޕްމަންޓް ފްރީ ޒޯނާއި ޗައިނާ ހާބާ އިންޖިނިއަރިން ކޮމްޕެނީ ލިމިޓެޑާއި އެކު ރާއްޖޭގައި އެގްރިކަލްޗާ އިކޮނޮމިކް ޒޯންނެއް ގާއިމްކުރުމަށް އެއްބަސްވި މަޝްރޫއު ފުށި ދިއްގަރު ފަޅަށް ބަދަލުކޮށްފި އެވެ.

އެސްޓީއޯއިން ވިދާޅުވި ގޮތުގައި އެ މަޝްރޫއު ފުށި ދިއްގަރަށް ބަދަލުކުރީ އެންމެ ރަނގަޅަށް ހިންގޭނީ އެ ސަރަހައްދުގައި ކަމަށް ވާތީ އެވެ.

އެމްއައިޑީއާ ޗައިނާ ހާބާ އިންޖިނިއަރިން ކޮމްޕެނީ ލިމިޓެޑާއެކު އެމްއޯޔޫގައި ސޮއިކުރީ މާޗް މަހު އެވެ.

ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކުރުމުގައި ރާއްޖެއަށް ބޮޑެތި ގޮންޖެހުންތަށް ކުރިމަތިވެފައިވާއިރު، އޭގެ މައިގަނޑު އެއް ސަބަބަކީ އިމްޕޯޓުކުރާ ކާބޯތަކެއްޗަށް ގައުމު ބަރޯސާވެފައި އޮތް މިންވަރެވެ. ރާއްޖޭގައި ބޭނުންކުރާ ކާބޯތަކެތީގެ ގާތްގަނޑަކަށް %90 އިމްޕޯޓުކުރެ އެވެ.

އިމްޕޯޓަށް ބަރޯސާވާން ނުޖެހޭ ހަމައެކަނި ކާނާގެ ބާވަތަކީ ކަނޑުމަހެވެ. އިމްޕޯޓުކުރާ ކާބޯތަކެތީގެ ތެރޭގައި އަސާސީ ބާވަތްތައްވެސް ހިމެނޭއިރު، ރާއްޖޭގެ ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކުރުމުގެ މުހިންމުކަން ހާމަވެގެންދެ އެވެ.

ކިޔުންތެރިންގެ ހިޔާލު