ENGLISH

03 ޑިސެމްބަރު 2025

Advertisement

ގަމު އިންޖީނު ގޭގައި ރޯވި އަލިފާން ނިއްވާލައިފި، މީހަކަށް ގެއްލުމެއް ނުވޭ

03 ޑިސެމްބަރު 2025

|

ޢަލީ ޝަހީމް

ލ. ގަމު އިންޖީނުގޭގައި ރޯވި އަލިފާން ނިއްވާލާފައި. ފޮޓޯ: އެމްއެންޑީއެފް

ލ. ގަމު އިންޖީނު ގޭގައި މިއަދު މެންދުރު ފަހު ރޯވި އަލިފާން ނިއްވާލާފައިވާކަމަށާއި، ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ނުވާކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ބުނެފިއެވެ. 

ގަމު އިންޖީނު ގޭގައި އަލިފާން ރޯވުމާ ގުޅިގެން ދިވެހި ފުލުހުންގެ ޚިދުމަތުން އެންމެ ފުރަތަމަ އާއްމުކުރި މަޢުލޫމާތު ބުނީ، އެކަމުގެ މަޢުލޫމާތު އެ އިދާރާއަށް ލިބުމުން އަލިފާން ނިންވުމުގެ މަސައްކަތް މިހާރު ކުރިއަށްގެންދާ ކަމަށެވެ. 

ފުލުހުން ދެންމެ މީޑިއާތަކާ ޙިއްޞާކުރި މެސެޖުގައި ބުނީ އިންޖީނު ގޭގައި ރޯވި އަލިފާން މިހާރު ނިންވާލާފައިވާ ކަމަށެވެ. 

"ލ. ގަމު ފެނަކަ އިންޖީނު ގޭގައި ރޯވި އަލިފާން 15:50 އެހާކަންހާއިރު ވަނީ ނިއްވާލެވިފައި. މި ހާދިސާގައި އިންޖީނު ގޭގައި ބޭނުންކުރަމުންދިޔަ 1 ޖަނަރޭޓަރ ބޭނުން ނުކުރެވޭ ވަރަށް ގެއްލުންވެފައިވޭ. މިހާދިސާގައި އެއްވެސް މީހަކަށް އަނިޔާވެފައި ނުވޭ. މިހާދިސާ ފުލުހުން ދަނީ ތަހުގީގު ކުރަމުން." - ފުލުހުން

އިންޖީނު ގޭގައި ރޯވިކަމުގެ މަޢުލޫމާތު ލިބުނީ މިއަދު 14:50 ހާއިރު ކަމަށް އެ އިދާރާއިން ބުނެފައިވެއެވެ. އަލިފާން ނިއްވާލުމުގެ މަސައްކަތް ކުރީ ފުުލުހުންނާއި ސިފައިން އަދި އާއްމު ރައްޔިތުން ގުޅިގެން ކަމަށް އެ އިދާރާއިން މީޑިއާތަކާ ޙިއްޞާކުރި މެސެޖުގައި ބުނެފައިވެއެވެ. 

މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން ބުނިގޮތުގައި އަލިފާން ރޯވުމާ ގުޅިގެން، އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޮމާންޑް، ކައްދޫ ފަޔަރ ސްޓޭޝަނުން އަންނަނީ އެ ސަރަޙައްދުގައި ހަރަކާތްތެރިވަމުންނެވެ. 

ކިޔުންތެރިންގެ ހިޔާލު