ENGLISH

03 ޑިސެމްބަރު 2025

Advertisement

ރާއްޖެއިން މަސައްކަތްކުރަނީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް ބާރުވެރިކުރުމަށް: ފަސްޓް ލޭޑީ

03 ޑިސެމްބަރު 2025

|

މަރިޔަމް ލީމް

ދިވެހިރާއްޖެއިން މަސައްކަތްކުރަނީ ނުކުޅެދުންތެރިކަން ހުންނަ އެންމެހާ ފަރާތްތައް ބާރުވެރިކުރުމަށް ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ވިދާޅުވެއްޖެއެވެ.

ބައިނަލްއަޤުވާމީ ގޮތުން ފާހަގަކުރާ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދުވަސް އިހުތިފާލުކުރުމާ ގުޅިގެން އެކްސްގައި އެކަމަނާ ކުރެއްވި ޕޯސްޓެއްގައި ވަނީ ނުކުޅެދުންތެރިކަން ހުންނަ ހުރިހާ ފަރާތްތަކުގެ ހިތްވަރުގަދަކަމާ، ކާމިޔާބީތަކާ، ގާބިލްކަމަށް ސާބަސް ދެއްވައިފައެވެ.

ފަސްޓް ލޭޑީ ވިދާޅުވީ، އެފަރާތްތަކަށް ހަމަހަމަ ފުރުސަތުތަކެއް ފަހިވެގެންދާނެ މުޖުތަމައުއް ބިނާކުރުމަށް ރާއްޖެއިން މަސައްކަތްކުރަމުންދާ ކަމަށެވެ. އަދި އެހެން އެންމެނެކޭވެސް އެއްފަދައިން، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަކީ މުޖުތަމައުގައި އެންމެންވެސް ބަލައިގަންނަ ބަޔަކަށްވުމުގެ ފުރުސަތާއި ކުރެއެރުމުގެ ފުރުސަތު އޮންނަންވާނެ ބައެއް ކަމަށް ވިދާޅުވެފައިވެއެވެ.

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ހިތްވަރުދިނުމަކީ އެންމެންވެސް އެކަމަށް ފަޚުރުވެރިވާންޖެހޭ ކަމެއްކަން ފާހަގަކޮށް، އެ ފަރާތްތަކުގެ ދުވަހުގެ ދިރިއުޅުމަށް ކުރިމަތިވަމުންދާ ގޮންޖެހުންތައް މަދުކުރުމަށް އެންމެން ވެސް ގުޅިގެން މަސައްކަތް ކުރަންޖެހޭކަމަށް ފަސްޓް ލޭޑީ ވިދާޅުވެފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު