ENGLISH

03 ޑިސެމްބަރު 2025

Advertisement

ގަމުގައި ހުންނަ އިންޖީނުގޭގައި އަލިފާން ރޯވެއްޖެ

03 ޑިސެމްބަރު 2025

|

ޢަލީ ޝަހީމް

ލ. ގަމުގައި ފެނަކައިން ހިންގާ އިންޖީނުގޭގައި އަލިފާން ރޯވެއްޖެ އެވެ.

މި އިންޖީނުގޭގައި ވަރަށް ބޮޑަށް އަލިފާން ރޯވެ އަނދަމުންދާ ކަމަށް މަޢުލޫމާތު ލިބެއެވެ.  ގޮތުގައި 

މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން ބުނީ އަލިފާން ރޯވުމާ ގުޅިގެން، އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޮމާންޑް، ކައްދޫ ފަޔަރ ސްޓޭޝަނުން ހަރަކަތްތެރިވާން ފަށާފައިވާ ކަމަށެވެ. 

މަޢުލޫމާތު ލިބިފައިވާ ގޮތުގައި އިންޖީނު ގޭގައި ރޯވުމުގެ ސަބަބުން ތިން އިންޖީނު ވަނީ ބޭނުންނުކުރެވޭ ވަރަށް އަނދައިފައެވެ. ގަމުގައި ހުންނަ އިންޖީނުގެއިން ކަރަންޓު ދެމުން އަންނަނީ ތިން އަވަށަށެވެ. އެކަމަކު އަލިފާން ރޯވުމާ ގުޅިގެން މުޅި ރަށުން ވަނީ ކަރަންޓު ކެނޑިފައެވެ. 

ގަމު އިންޖީނު ގޭގައި އަލިފާން ރޯވުމާ ގުޅިގެން ދިވެހި ފުލުހުންގެ ޚިދުމަތުން އާއްމުކުރި މަޢުލޫމާތު ބުނީ، އެކަމުގެ މަޢުލޫމާތު އެ އިދާރާއަށް ލިބުމުން އަލިފާން ނިންވުމުގެ މަސައްކަތް މިހާރު ކުރިއަށްގެންދާ ކަމަށެވެ. 

"3 ޑިސެމްބަރު 2025 ވަނަ ދުވަހު 14:50 އެހާކަންހާއިރު، ލ.ގަން ފެނަކަ އިންޖީނުގޭގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން އުޅޭކަމުގެ މައުލޫމާތު ލިބުމާއި ގުޅިގެން ފުލުހުން ދަނީ ހަރަކާތްތެރިވަމުން. އަލިފާން ނިއްވުމުގެ މަސައްކަތް ފުލުހުންނާއި ސިފައިން އަދި އާންމު ރައްޔިތުން ގުޅިގެން ދަނީ ކުރަމުން." ފުލުހުންގެ މެސެޖުގައި ބުނެފައިވެއެވެ. 

މަޢުލޫމާތު ލިބިފައިވާ ގޮތުގައި، އަލިފާން މިހާރު ވަނީ ކޮންޓްރޯލްވެފައެވެ. އަދި، އެއްވެސް މީހަކަށް އަނިޔާވިކަމުގެ މަޢުލޫމާތެއް މިހާތަނަށް ލިބިފައެއްނުވެއެވެ. 

އިތުރު ތަފުސީލް އަންނަނީ....

ކިޔުންތެރިންގެ ހިޔާލު