ENGLISH

03 ޑިސެމްބަރު 2025

Advertisement

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް މި އަހަރު އެކަނިވެސް ވަޒީފާގެ 300 ފުރުސަތު ވަނީ ހޯދައިދީފައި: ރައީސް

03 ޑިސެމްބަރު 2025

|

މަރިޔަމް ލީމް

ބައިނަލްއަޤުވާމީ ގޮތުން ފާހަގަކުރާ، ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދުވަސް އިހުތިފާލްކުރާއިރު، މި އަހަރު އެކަނި ވެސް ނުކުޅެދުންތެރިކަން ހުންނަ ފަރާތްކަށް ވަޒީފާގެ 300 ފުރުސަތު ފޯރުކޮށްދެވިފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

މި ދުވަހާ ގުޅިގެން މުޖުތަމަޢުގައި ކަރާމާތާއި، ހަމަހަމަކަން އޮތުމުގެ މުހިންމުކަން ރައީސް ފާހަގަކުރެއްވިއެވެ. އަދި އެންމެން ހިމެނޭ ފަދަ މުޖުތަމަޢުއެއް ބިނާކުރުމުގައި ހުރިހާ ރައްޔިތުން ވެސް ބައިވެރިވެ، ގުޅިގެން މަސައްކަތްކުރުމަށް ރައީސް ގޮވާލެއްވިއެވެ.

އެ މަނިކުފާނުގެ ވެރިކަމަކީ  ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް ބާރުވެރިކުރުވުމަށް ޚާއްޞަ ވެރިކަމެއް ކަމުގައި ރައީސް ވިދާޅުވެ، މި ވެރިކަމުގައި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ވަޒީފާގެ ފުރުސަތުތައް ފަހިކޮށްދީފައިވާކަން ފާހަގަ ކުރެއްވިއެވެ.

އެ ފަރާތްތަކަށް ހަމަހަމަ ފުރުޞަތުތަކާއި، މާނަހުރި އިޤްތިޞާދީ ބައިވެރިވުން ކަށަވަރުކޮށްދިނުމަށް މަސައްކަތްކުރަމުންދާކަން ވެސް ފާހަގަކޮށްފައިވެއެވެ.  

އަދި ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ހައްގުތައް ހިމާޔަތްކުރުމަށް އެކްޝަން ޕްލޭނެއް އެކުލަވާލައި، ތައުލީމް އުނގެނުމަށް ޚާއްސަ އެހީތެރިކަމެއް ބޭނުންވާ ދަރިވަރުންނަށް ޚިދުމަތް ފޯރުކޮށްދިނުމަށްޓަކައި ތައްޔާރުކުރެވޭ ޓީޗަރ-ޓްރޭނިންގ ޕްރޮގްރާމެއް ވެސް ފަށާފައިވާ ކަމަށް ރައީސް ވިދާޅުވެފައިވެއެވެ.

މި ދުވަސް އިހުތިފާލުކުރުމާ ގުޅިގެން، މުޖުތަމަޢަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކާ ކުރިމަތިލުމާއި، މަޢުލޫމާތު ލިބޭނެ ގޮތް ހަރުދަނާކުރުމާއި، ބައިވެރިވުން އާންމުވެ، ކޮންމެ މީހެއްގެ ޤާބިލުކަން ފުރިހަމައަށް ޙަޤީޤަތަކަށް ހަދައިދެވޭނެ ޤައުމެއް ބިނާކުރުމަށް މަސައްކަތްކުރާނެކަމުގެ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ދެއްވާފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު