ENGLISH
05 ޑިސެމްބަރު 2025
މަސްތުވާތަކެތީގެ ކުށްތަކަކީ މާފު ކުރެވޭނެ ކުށްތަކެއް ނޫން ކަމަށް ހެދުމަކީ ރައީސްގެ ހިތްވަރުގަދަ ނިންމުމެއް: މުހުތާޒު
03 ޑިސެމްބަރު 2025
|
މަސްތުވާތަކެތީގެ ގާނޫނުގެ ދަށުން ކަނޑައަޅާ އުމުރު ދުވަހުގެ ޖަލު ހުކުމުގެ ގޮތުގައި އޮންނަ 25 އަހަރުގެ އަދަބު އުވާލައި އެ މީހެއްގެ އުމުރު ހަމަވަންދެން ޖަލުގައި ހުންނަން ޖެހޭ ގޮތަށް މަޖިލީހުން ބިލް ފާސްކުރުމަކީ، ރައީސުލްޖުމްހޫރިއްޔާ ނިންމެވި ހިތްވަރުގަދަ ނިންމެވުމެއް ކަމަށް ސިންގަޕޫރުގައި ހުންނަ ރާއްޖޭގެ ހައި ކޮމިޝަނުގެ ޑެޕިއުޓީ ހައި ކޮމިޝަނަރު، މުހުތާޒު މުހުސިން ވިދާޅުވެއްޖެއެވެ.
ދިވެހިރައްޔިތުންނަށްޓަކައި ރައީސުލްޖުމްހޫރިއްޔ ޑރ. މުޙައްމަދު މުޢިއްޒު ނިންމެވި ނިންމެވުމަށް ޝުކުރު އަދާކޮށް މިފަދައިން މުހުތާޒު ވިދާޅުވީ އެކްސްގައި ޝާއިއުކުރެއްވި ޕޯސްޓެއްގައެވެ.
"މި ގާނޫނުގައި އުމުރަށް ޖަލަށް ލުމުގެ އަދަބު ނުވަތަ މަރުގެ އަދަބު ކަނޑައަޅާފައިވާ ކުށްތަކަކީ، އެއްވެސް ގޮތަކަށް އަދަބު މާފު ކޮށްދެވިގެން ނުވަތަ ލުއި ކޮށްދެވިގެން ނުވާނެ ކުށްތަކެއް ކަމަށް ވެސް ބިލުގައި ކަނޑައަޅާފައިވެ އެވެ. އެހެންވެ، މަސްތުވާތަކެއްޗާ ބެހޭ ގާނޫނުގެ ދަށުން އުމުރަށް ޖަލަށްލާ އެއްވެސް މީހަކަށް އެއްވެސް ކަހަލަ ލުޔެއް އަދި މާފެއް ވެސް އެ އިސްލާހު ތަސްދީގު ކުރުމާ އެކު ދެން ނުދެވޭނެ އެވެ." މުހުތާޒް ވިދާޅުވިއެވެ.
މި ގާނޫނުގެ ދަށުން އުމުރު ދުވަހުގެ ޖަލު ހުކުމެއް އަތުވެއްޖެ ނަމަ ޕެރޯލްގެ ދަށުން ދޫނުކުރެވޭނެ އެވެ. އަދި އަދަބު ލުއިކޮށް މައާފު ވެސް ނުދެވޭނެ އެވެ. މީގެ އިތުރުން މިފަދަ މައްސަލަތަކުގައި ދައުލަތުން އިއުތިރާފުގެ އެއްބަސްވުމެއް ހަދައިގެން ނުވާނެ ކަމަށް ބިލުގައި ބުނެފައިވެއެވެ.
މި ގާނޫނަށް ގެނައި އިސްލާހުގައިވާ ގޮތުން މަރުގެ އަދަބު ތަންފީޒު ކުރެވޭނީ ސުޕްރީމް ކޯޓުން މައްސަލަ ބަލާ ފަނޑިޔާރުންގެ ބެންޗުން އެ އަދަބު ކަނޑައަޅަން އިއްތިފާގުވުމުންނެވެ. ސުޕްރީމް ކޯޓުގެ ބެންޗުން އިއްތިފާގު ނުވާ ހާލަތުގައި އިއްވަން ޖެހޭނީ އުމުރަށް ޖަލަށްލުމާ އެކު 100,000ރ. އިން ފެށިގެން 10,000,000ރ. އާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރުމެވެ.
މަސްތުވާތަކެތި އެތެރެކުރާ މީހަަކަށް އެ އަދަބު ކަނޑައެޅޭނެ ތިން ހާލަތެއްގައެވެ. އެއީ 350 ގްރާމަށް ވުރެ އިތުރު މިންވަރުގެ ކެނަބިސް ކަމުގައިވުމާއި އެތެރެކޮށްފައިވަނީ 250 ގްރާމަށް ވުރެ އިތުރު މިންވަރެއްގެ ޑައިމޯފިން ކަމުގައިވުމާއި ކެނެބިސް ނުވަތަ ޑައިމޯފިން ފިޔަވައި ޖަދުވަލު 1 ގައިވާ މަސްތުވާތަކެތީގެ ބާވަތެއް ނަމަ، 100 ގްރާމަށް ވުރެ މަތިވުން ކަމަށް ބިލްގައިވެއެވެ.
އަދި އެ މީހަކު ދިވެހިރާއްޖެ އަށް އެތެރެކުރި މަސްތުވާއެއްޗަކ،ީ އެ މީހަކު އެތެރެކުރި އެއްޗަކަށްވާ ނަމައެވެ.
ބިލުގައިވާ ގޮތުން މިފަދަ މައްސަލައެއްގައި މީހެއްގެ މައްޗަށް އަދަބު ކަނޑައެޅިއްޖެ ނަމަ އެ ހުކުމްގެ ހުރިހާ ގާނޫނީ ނުކުތާތަކާއި މައްސަލާގައި ކަން ހިނގާފައިވާ ގޮތް މަތީ މަރުހަލާގެ ކޯޓުތަކުން އަލުން ބަލަން ވާނެއެވެ.