ENGLISH

05 ޑިސެމްބަރު 2025

Advertisement

ހުއްދަ ނުނަގާ ދުންފަތުގެ ބާވަތް ވިއްކަމުން ދިޔަ ތަނެއް ބަންދުކޮށްފި

03 ޑިސެމްބަރު 2025

|

އާމިނަތު ނުޒްލާ

ފުލުހުން ކެފޭއެއް ބަލައި ފާސްކުރަނީ. ފޮޓޯ: ޕޮލިސް

ހުއްދަ ނުނަގާ ދުންފަތުގެ ބާވަތް ވިއްކަމުން ދިޔަ ތަނެއް ބަންދުކޮށްފައިވާ ކަމަށް ފުލުހުންގެ އިދާރާ އިން ބުނެފިއެވެ.

ފުލުހުންގެ އިދާރާއިން ބުނީ، ޤަވާއިދާ ޚިލާފަށް ވިޔާފާރިކުރާ ފަރާތްތަކަށް އަމާޒުކޮށްގެން މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓާއި ފުލުހުންނާއި އިމިގްރޭޝަން އަދި ކަސްޓަމްސް ގުޅިގެން ހިންގި އޮޕަރޭޝަނުގައި ހަ ތަނެއް ބަލައި ފާސްކޮށްފައިވާ ކަމަށެވެ. މީގެތެރެއިން ބަންދުކޮށްފައި މިވަނީ ހުއްދަ ނުނަގާ ދުންފަތުގެ ބާވަތެއް ވިއްކަމުން ދިޔަ ތަނެއް ކަމަށް ފުލުހުން ފުލުހުން ބުނެފައިވެއެވެ. 

ރާއްޖޭގައި ދުންފަތުގެ ބާވަތްތައް ވިކޭނީ، ވަކި ލައިސަންސެއް ނަގައިގެންނެވެ. ލައިސަންސް ނަގަންޖެހޭ ގާނޫނަށް ބަދަލު ގެނެސް އަމަލުކުރަން ފަށާފައިވަނީ މި އަހަރުގެ ޖަނަވަރީ 15، ދުވަހުން ފެށިގެންނެވެ.

ދުންފަތުގެ ބާވަތެއް ވިއްކަމުން ދިޔަ ތަނެއް ބަންދުކޮށްފައި މިވަނީ، ރާއްޖޭގައި ގާވާއިދާ ހިލާފަށް ވިޔަފާރިކުރާ ފަރާތްތަކަށް އަމާޒުކޮށްގެން ތަންފީޒީ އިދާރާތަކުން ގުޅިގެން ކުރަމުން އަންނަ މަސައްކަތުގެ ތެރެއިންނެވެ.

ސަރުކާރުން ރައްޔިތުންގެ ފަރާތުން އެދިފައިވަނީ، ޤަވާއިދާ ހިލާފަށް ވިޔަފާރި ކުރާ ތަންތަން ރިޕޯޓްކުރުމަށެވެ. މިކަަމަށް ހާއްސަކޮށް ރައީސުލްޖުމްހޫރިއްޔާ ވަނީ، ނޭޝަނަލް ޓާސްކް ފޯހެއް އުފައްދަވާފަ އެވެ.

ވިޔަފާރިއާއި އިޤްތިޞާދާ ބެހޭ ވުޒާރާއިން ބުނީ މިހާތަނަށް 100 އެއްހާ ތަނުގެ މައުލޫމާތު ރިޕޯޓްކޮށްފައިވާކަމަށެވެ.

ރިޕޯޓު ކުރަމުންދާ ވަރަކަށް އެފަދަ ތަންތަން ބަލައި ފާސްކޮށް، ޤާނޫނުގައިވާ ގޮތުގެ މަތީން ފިޔަވަޅު އަޅަމުންދާނެ ކަމުގެ ޔަގީންކަންވެސް އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވަނީ ދެއްވާފަ އެވެ.

ކިޔުންތެރިންގެ ހިޔާލު