ENGLISH

05 ޑިސެމްބަރު 2025

Advertisement

މަސްވެރިންނަށް ވިއްކާ ތެޔޮ އަގު ހެޔޮކުރުމަށް ނިންމައިފި

03 ޑިސެމްބަރު 2025

|

އާމިނަތު ނުޒްލާ

ރާއްޖޭގެ މަސް ދޯނިއަކުން މަސްވެރިން މަސްބާނަނީ--ފޮޓޯ:އައިޕީއެންއެލްއެފް

މި އަހަރުގެ މަސްވެރިންގެ ދުވަހުން ފެށިގެން، މަސްވެރިންނަށް ވިއްކާ ތެޔޮ އަގު ހެޔޮކުރުމަށް ނިންމާފައިވާ ކަމަށް މިފްކޯއިން ބުނެފި އެވެ.

އެކުންފުނިން ބުނީ، މަސްވެރިންނަށް އަގު ހެޔޮކޮށް ތެޔޮ ފޯރުކޮށްދިނުމަށްޓަކައި ފިއުލް ސަޕްލައި މޯލްޑިވްސް (އެފްއެސްއެމް) އާ އެކު އެއްބަސްވުމެއް ހަދާފައިވާ ކަމަށެވެ. މި އެއްބަސްވުމުގެ ދަށުން އެފްއެސްއެމް އިން މިފްކޯ އަށް ވިއްކާ ތެޔޮ އަގު ހެޔޮކޮށްފައިވާ ކަމަށް އެ ކުންފުނިން ބުންޏެވެ.

އެހެންކަމުން މި އަހަރުގެ މަސްވެރިންގެ ދުވަސްކަމަށްވާ ޑިސެމްބަރު 10 އިން ފެށިގެން މިފްކޯއިން މަސްވެރިންނަށް ދޫކުރާ ތެޔޮ އަގު ހެޔޮ ކުރުމަށް ނިންމާފައިވާ ކަމަށް މިފްކޯއިން ބުންޏެވެ. 

މިފްކޯއިން ވިއްކާ ތެލުގެ އަގަށް ގެނައި ބަދަލުތައް:

  • މިފްކޯއަށް މަސްކިރާ ފަރާތްތަކަށް ތެޔޮ ވިއްކާނީ 13.90 ރުފިޔާއަށް
  • މިފްކޯއަށް ތިން ޓަނަށްވުރެ އިތުރަށް މަސްކިރާ ފަރާތްތަކަށް 13.72 ރުފިޔާއަށް
  • އާއްމު ފާރަތްތަކަށް 14.43 ރުފިޔާއަށް

މަސްވެރިންނަށް ވިއްކާ ތެޔޮ އަގު ހެޔޮކުރުމަކީ، މަސްވެރިންނަށް ދިމާވެފައިވާ ދަތިތަކަށް ހައްލެއް ހޯދާ ދެއްވުމަށް، ރައީސުލްޖުމްހޫރިއްޔާ ވެވަޑައިގެންނެވި ވައުދުފުޅާ އެއްގޮތަށް ގެނެވިފައިވާ ބަދަލެއް ކަމަށް މިފްކޯއިން ބުންޏެވެ.

ރާއްޖޭގެ ކޮންމެ އަތޮޅެއްގައި މަދުވެގެން އެއް ރަށުގައި އެސް.ޓީ.އޯ ރޭޓުން އާންމު ރައްޔިތުންނަށާއި މަސްވެރިންނަށް ޕެޓްރޯލާއި ޑީސަލް ލިބޭނެ ފަސޭހަ އިންތިޒާމެއް ހަމަޖެއްސެވުމަކީ ރައީސުލްޖުމްހުރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވަޢުދުފުޅެކެވެ. އެގޮތުން ކޮންމެ އަތޮޅެއްގައި ފިއުލް ސްޓޯރޭޖް ގާއިމްކުރުމުގެ މަޝްރޫޢު ސަރުކާރުން މިހާރު ވަނީ ފަށާފަ އެވެ.

މަސްވެރިކަމަކީ ސަރުކާރުން ވަރަށް ހާއްސަ އިސްކަމެއްދެއްވައިގެން ކުރިއެރުވުމަށްޓަކައި ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ސިނާއަތެކެވެ.

ކިޔުންތެރިންގެ ހިޔާލު