ENGLISH
05 ޑިސެމްބަރު 2025
ޔޫތު ހަބްގައި ހަފްތާ ބަންދުގައި އޮތީ ޒުވާނުންނާއި ކުޑަކުދިންނަށް މޫވީ ނައިޓެއް!
03 ޑިސެމްބަރު 2025
|
މާލޭގައި ހުޅުވި ޔޫތު ހަބް. މިތަނުގައި އަންނަނީ ގިނަ ހަރަކާތްތަކެއް ހިންގަމުން. ފޮޓޯ: ރައީސް އޮފީސް
މި ހަފްތާ ބަންދުގައި ޒުވާނުންނާއި ކުޑަކުދިންނަށް އުފާވެެރި ވަގުތުކޮޅެއް ހޭދަކޮށްލުމުގެ ފުރުސަތު ފަހިކޮށްދިނުމަށްޓަކައި، މޫވީ ނައިޓެއް ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށް ޒުވާނުން ބާރުވެރިކުރުވުމާއި، މަޢުލޫމާތާއި ފަންނާ ބެހޭ ވުޒާރާއިން ބުނެފިއެވެ.
މި މޫވީ ނައިޓް ބޭއްވުމަށް ހަމަޖެހިފައިވަނީ ޒުވާނުންގެ ހަބުގަ އެވެ. ޒުވާނުންގެ ވުޒާރާއިން ހިއްސާކުރި ޕޯސްޓުގައި ބުނެފައި ވަނީ، މި މޫވީ ނައިޓްއަށް ވަނުމުގެ ފުރުސަތު ހިލޭ ހުޅުވާލެވިފައިވާ ކަމަށެވެ. އަދި މޫވީ ނައިޓް ކުރިއަށްދާ ވަގުތުގައި އެ ސަރަހައްދުގައި ފުޑް ސްޓޯލްތައް ވެސް ހުންނާނެ ކަމަށް އެ ވުޒާރާއިން ވަނީ ބުނެފަ އެެވެ.
މި ހަފްތާ ބަންދުގައި މޫވީ ނައިޓްއަށް ހާއްސަކުރެވިފައިވާއިރު، މިދިޔަ ހަފްތާ ބަންދުގައި ޔޫތު ހަބުގައި ވަނީ ޒުވާނުންގެ ހުނަރާއި ވިޔަފާރިތައް ކުރިއެރުމަށް އަމާޒުކޮށްގެން "ސަޅި ފެސްޓް 2025" ގެ ނަމުގައި ފެސްޓިވަލެއް ވެސް ބާއްވައިފައެވެ.
މުލީއާގެ ގަރާޖުގެ ގޮތުގައި ކުރިން ބޭނުން ކުރަމުން އައި އިމާރާތާއި ގޯތި ތަރައްޤީކޮށް ޔޫތު ހަބެއްގެ ގޮތުގައި ހުޅުވާފައިވަނީ، ނޮވެމްބަރު މަހުގެ 20 ވަަނަ ދުވަހު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެވެ.
ޔޫތު ހަބް ތަރައްޤީ ކޮށްފައިވަނީ އެކި ކަހަލަ ހުނަރުތައް ދަސްކޮށްދިނުމާއި، އެކުވެރިންކަން ބަދަހިކުރުމަށް އެކަށީގެންވާ މާހައުލެއް ބިނާކުރުމަށާއި، އެކިކަހަލަ ބޫޓު ކޭމްޕުތަކާއި، ސްކިލް އެކްސްޗޭންޖް ޕްރޮގްރާމްތަކާއި، ވަރޗުއަލް ރިއަލިޓީ ޓްރެއިނިން، ކޮމިއުނިޓީ އާޓް ވޯކް، އިންޓްރެކްޓިވް ކޮމިއުނިޓީ ހަބް، އެކިކަހަލަ މަސައްކަތު ބައްދަލުވުން، އަދި ކަލިނަރީ އިވެންޓްތައް ބޭއްވުމުގެ ފުރުސަތުތައް ފަހިވެގެންދާނެ ތަނެއް ގޮތުގަ އެވެ.