ENGLISH

05 ޑިސެމްބަރު 2025

Advertisement

ޒަކާތުގެ ނިޒާމް އިތުރަށް ހަރުދަނާ ކުރަން، ޒަކާތު ބިލް މަޖިލީހުން ފާސްކޮފި

03 ޑިސެމްބަރު 2025

|

ޢަލީ ޝަހީމް

ޒަކާތް ނެގުމާއި ބެހުމުގެ އިދާރީ ނިޒާމު ހަރުދަނާކުރުމަށާއި ޒަކާތު ފަންޑުން ހެޔޮގޮތުގައި ހޭދަކޮށް އަމާނާތްތެރިކަމާއެކު ބެލެހެއްޓުމަށް ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ޒަކާތު ބިލް މިއަދު ފާސްކޮށްފިއެވެ. 

މަޖިލީހަށް ޒަކާތު ބިލް ހުށަހެޅުއްވީ ރައްޔިތުންގެ މަޖިލީހުގެ ވިލުފުށީ ދާއިރާގެ މެންބަރު ޙަސަން ވަހީދުއެވެ. މިއަދު ރައްޔިތުންގެ މަޖިލީހުން އެ ބިލް ފާސްކުރީ 63 މެންބަރުންގެ ވޯޓުންނެވެ. 

ޒަކާތު ބިލް އެކުލަވާލީ، ޒަކާތް ނެގުމާއި ބެހުމުގެ އިދާރީ ނިޒާމު ހަރުދަނާކުރުމަށާއި ޒަކާތު ފަންޑުން ހެޔޮގޮތުގައި ހޭދަކޮށް އަމާނާތްތެރިކަމާއެކު ބެލެހެއްޓުމަށާއި ޒަކާތާ ގުޅޭ ހަރުދަނާ ޒަމާނީ ނިޒާމެއް ޤާނޫނީ ތަރަހައިގެ ތެރެއިން ރާއްޖޭގައި ޤާއިމުކުރުމުގެ މަޤްޞަދުުގައެވެ. 

ޒަކާތު ބިލް އެކުލަވައިލާފައިވަނީ ބައިނަލްއަޤުވާމީ މިންގަނޑުތަކާ އެއްގޮތަށް، ދާއިރާގައި ކުރިއަރާފައިވާ އިސްލާމީ ޤައުމުތަށް ނަމޫނާއަކަށް ބަލައިގެންނެވެ. އެގޮތުން މެލޭޝިޔާއާއި، ކުވައިތު، ޔޫއޭއީ އަދި މިޞްރު ފަދަ ޤައުމުތަކުގައި ވެސް ޒަކާތުގެ ކަންކަން ހިނގަމުންދާ ޤާނޫނީ ހަމަތައް ބިލު އެކުލަވާލުމުގައި ވަނީ ދިރާސާކޮށްފައެވެ. 

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވެރިކަމުގެ ވަރަށް ކުރީކޮޅު ދިވެހިރާއްޖޭގެ ޒަކާތު ހައުސްގެ ނަމުގައި ޒަކާތަށް ޚާއްސަ ވަކި އިދާރާއެއް އުފައްދަވާ ޒަކާތުގެ ކަންކަން އިތުރަށް ހަރުދަނާކޮށް އާއްމުންނަށް ޒަކާތާއި ގުޅޭ މަޢުލޫމާތު ފޯރުކޮށްދިނުމަށް ގިނަ މަސައްކަތްތަކެއް މިހާތަނަށް ވަނީ ކޮށްފައެވެ. 

ކިޔުންތެރިންގެ ހިޔާލު