ENGLISH
10 އޭޕްރީލު 2025
ގޯލްޑް ކަޕް: މާލެ ސިޓީ ބަލިކޮށް އޭދަފުށްޓަށް ގްރޫޕުގެ އެއްވަނަ
02 ޑިސެމްބަރު 2024
|
މާލެ ސިޓީ އާއި އޭދަފުށި ބައްދަލުކުރި މެޗުގެ ތެރެއިން. --ފޮޓޯ: ދި އެޑިޝަން
މިހާރު ކުރިއަށްދާ ގޯލްޑް ކަޕް މުބާރާތުގެ ގްރޫޕު ބީ ގައި ރޭ ކުޅުނު މެޗުގައި މާލެ ސިޓީ 0-2 އިން ބަލިކޮށް، ބ. އޭދަފުށިން އެއްވަނަ ޓީމުގެ ގޮތުގައި ދެވަނަ ބުރަށް ދަތުރުކޮށްފިއެވެ.
ރޭގެ މެޗަށް ނިކުތްއިރު ވެސް މި ދެ ޓީމަށް ދެވަނަ ބުރުން ޖާގަ ކަށަވަރުވެފައިވާއިރު، މި މޮޅާއެކު އޭދަފުށި ވަނީ މި ގްރޫޕުގައި ކުޅުނު ތިން މެޗުން ނުވަ ޕޮއިންޓް ހަމަކޮށްފައެވެ. ދެވަނައިގައި އޮތް މާލެ ސިޓީ އަށް ލިބިފައިވަނީ ހަ ޕޮއިންޓެވެ. މި ގްރޫޕުގައި ދެން ހިމެނޭ އަނެއް ދެ ޓީމު ކަމަށްވާ، ތ. ތިމަރަފުށްޓާއި، ބ. ތުޅާދޫ އަށް ޕޮއިންޓެއް ނުލިބެއެވެ.
އޭދަފުށިން ރޭގެ މެޗުގައި ލީޑްނެގީ ފުރަތަމަ ހާފުގެ 37 ވަނަ މިނެޓުގައި އަހުމަދު އައިހަމް (އައިހު) އެވެ. އޭނާ މި ލަނޑުޖެހީ ލިބުނު ހިލޭޖެހުމަކުންނެވެ. މި ގޯލާއެކު އޭދަފުށިން ފުރަތަމަ ހާފު ނިންމާލީ 1-0 އިން ކުރީގަ އޮވެގެންނެވެ.
މެޗުގެ 60 ވަނަ މިނެޓުގައި އޭދަފުށީގެ ދެވަނަ ލަނޑުޖަހައިދީ، އެ ޓީމަށް މޮޅު ކަށަވަރުކޮށްދިނީ މުޙައްމަދު ފާސިރު (ފާއްޓެ) އެވެ.
ގޯލްޑް ކަޕްގައި އިއްޔެ ހަވީރު ކުޅުނު މެޗުގައި ހއ. ދިއްދޫން ވަނީ 6-2 ގެ ނަތީޖާއަކުން ދ. ކުޑަހުވަދޫ ބަލިކޮށްފައެވެ. މި މެޗުގައި ދިއްދޫގެ ޒުވާން ފޯވާޑް، އަހްޒަމް ރަޝީދު ވަނީ ހެޓްރިކެއް ހަދައިފައެވެ. އެ ޓީމުގެ އަނެއް ލަނޑުތައް ޖަހައިދިނީ، އަލީ ފަރީދު ދެ ގޯލާއި، އާދަމް އާޒިމް ގޯލެކެވެ.
މި މެޗުގައި ކުޑަހުވަދޫގެ ލަނޑުތައް ޖަހައިދިނީ މުޙައްމަދު ޒިހާން ހުސައިން އާއި ހާރޫން އިބްރާހިމް އެވެ.