ENGLISH

03 ޑިސެމްބަރު 2025

Advertisement

ރައީސް، ހިއުމަން ރައިޓްސް ކޮމިޝަނުގެ މެންބަރުކަމުގެ މަޤާމަށް ޑރ. ރަމީލާ ޢައްޔަންކުރައްވައިފި

03 ޑިސެމްބަރު 2025

|

ޢަލީ ޝަހީމް

ހިއުމަން ރައިޓްސް ކޮމިޝަނުގެ މެންބަރުކަމުގެ މަޤާމަށް ޑރ. ރަމީލާ ޢައްޔަންކުރުން. ފޮޓޯ: ރައީސް އޮފީސް

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ހިއުމަން ރައިޓްސް ކޮމިޝަނުގެ މެންބަރުކަމުގެ މަޤާމަށް ޑރ. ޢާއިޝަތު ރަމީލާ ޢައްޔަންކުރައްވައިފިއެވެ. 

މިއަދު، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ރަސްމިއްޔާތެއްގައި ޑރ. ޢާއިޝަތު ރަމީލާ ވަނީ ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސްގެ މެންބަރުކަމުގެ ހުވާ ކުރައްވައި، ހުވާގެ އިޤްރާރުގައި ސޮއިކުރައްވާފައެވެ.

ޑރ. ޢާއިޝަތު ރަމީލާ އަށް ހުވާ ލައިދެއްވީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އޮނަރަބަލް ޑޮކްޓަރ މުޙައްމަދު އިބްރާހީމްއެވެ.

މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ، ހިއުމަން ރައިޓްސް ކޮމިޝަންގެ މެންބަރުކަމަށް ޢައްޔަންކުރެއްވި ކަމުގެ ލިޔުން، ޑރ. ޢާއިޝަތު ރަމީލާއާ ޙަވާލުކޮށްދެއްވާފައެވެ.

ޑރ. ޢާއިޝަތު ރަމީލާ ވަނީ މި ވެރިކަމުގައި ދަނޑުވެރިކަމާއި ދިރޭތަކެއްޗާ ބެހޭ ވުޒާރާގެ ވަޒީރުކަން ކުރައްވާފައެވެ. އެކަމަކު ޞިއްޙީ ހާލަތު ހުރިގޮތުން 2024 ޑިސެމްބަރު 1 ވަނަ ދުވަހު ވަޒީރުކަމުން ޑރ. ރަމީލާ އިސްތިޢުފާދެއްވިއެވެ. 

އާލާސްކަންފުޅާ އުޅުއްވަމުން ވެސް ޑރ. ރަމީލާ ވަޒީރުކަމުގެ ޙައިސިއްޔަތުން ދެއްވި އެއްބާރުލެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެކަމަނާއަށް ޝުކުރުއަދާކުރެއްވިއެވެ. 

ޑރ. ރަމީލާ ގެންދަވަނީ ގޮހޮރުގެ ކެންސަރުގެ އާލާސްކަންފުޅަށް ފަރުވާ ހޯއްދަވަމުންނެވެ. ކެންސަރުގެ ފަރުވާއަށް މީގެކުރިން ޑރ. ރަމީލާ ވަނީ އިންޑިއާއަށް ވަޑައިގެން ގިނަ ދުވަސްތަކެއް ހޭދަކުރައްވާފައެވެ. 

ކިޔުންތެރިންގެ ހިޔާލު