ENGLISH

03 ޑިސެމްބަރު 2025

Advertisement

ތިމާވެށްޓަށް ގެއްލުންދޭ ސިންގަލް ޔޫސް ޕްލާސްޓިކުގެ ބާވަތްތަކުގެ ލިސްޓަށް ރައީސް އިޞްލާޙު ގެންނަވައިފި

03 ޑިސެމްބަރު 2025

|

ޢަލީ ޝަހީމް

ތިމާވެށްޓަށް ގެއްލުންދޭ ސިންގަލް- ޔޫސް ޕްލާސްޓިކުގެ ބާވަތްތަކުގެ ލިސްޓު ކަނޑައެޅުމުގެ ޤަރާރަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިޞްލާޙު ގެންނަވައިފިއެވެ. 

ރައީސުލްޖުމްހޫރިއްޔާ ޤަރާރަށް އިޞްލާޙު ގެންނެވީ، ފަތުރުވެރިކަމާއި ތިމާވެއްޓާ ބެހޭ ވުޒާރާގެ ލަފައާއެކުއެވެ.  

މި ބަދަލު ގެނެސްފައިވަނީ، ތިމާވެށްޓަށް ގެއްލުންދޭ ސިންގަލް-ޔޫސް ޕްލާސްޓިކުގެ ބާވަތްތަކުގެ ތެރެއިން، 1 ލީޓަރާއި 1 ލީޓަރަށް ވުރެ ކުދި 500 މިލިލީޓަރާ ދެމެދުގެ ޕްލާސްޓިކު ފުޅީގައި ފެން ބަންދުކޮށް ދިވެހިރާއްޖެއަށް އެތެރެކުރުމާއި ދިވެހިރާއްޖޭގައި އުފެއްދުން މަނާކުރުން ތަންފީޒުކުރުމަށް ކުރިން ކަނޑައަޅާފައި އޮތް ތާރީޚަށާއި، އެތަކެތި ބާޒާރަށް ނެރުން މަނާކުރުން ތަންފީޒުކުރުމަށް ކަނޑައަޅާފައި އޮތް ތާރީޚަށެވެ.

މި އިޞްލާޙު ގެންނެވުމުގެ ކުރީން، 1 ލީޓަރާއި 1 ލީޓަރަށް ވުރެ ކުދި 500 މިލިލީޓަރާ ދެމެދުގެ ޕްލާސްޓިކު ފުޅީގައި ފެން ބަންދުކޮށް ދިވެހިރާއްޖެއަށް އެތެރެކުރުމާއި، ދިވެހިރާއްޖޭގައި އުފެއްދުން މަނާކުރަން ފެށުމަށް ކަނޑައަޅާފައިވަނީ ވަނީ، 1 ޑިސެންބަރު 2025 އެވެ. އެހެންނަމަވެސް މި އިޞްލާޙާއެކު، އެ ތާރީޚު މިހާރު ވަނީ، 1 ޑިސެންބަރު 2027 އަށް ފަސްކޮށްފައެވެ. 

މި އިޞްލާޙު ގެނައުމުގެ ކުރީން، މި ތަކެތި ބާޒާރަށް ނެރުން މަނާކުރުމަށް ނިންމާފައި ވަނީ، 1 މާރިޗު 2026 ގައެވެ. އެހެންނަމަވެސް އިޞްލާޙާއެކު މި ތާރީޚު ވަނީ، 1 ޖޫން 2028 އަށް ބަދަލުވެފައެވެ. 

ކިޔުންތެރިންގެ ހިޔާލު