ENGLISH

04 ޑިސެމްބަރު 2025

Advertisement

ފޮއްދޫ ސިއްޙީ މަރުކަޒުގެ ފައުންޑޭޝަން ނިންމައިފި

02 ޑިސެމްބަރު 2025

|

އާމިނަތު ނުޒްލާ

ފޮއްދޫ ސިއްޙީ މަރުކަޒުގެ މަސައްކަތުގެ ތެރެއިން. --ފޮޓޯ:އެމްޓީސީސީ

ނ. ފޮއްދޫގައި އިމާރާތްކުރާ ސިއްޙީ މަރުކަޒުގެ ފައުންޑޭޝަން އަޅައި ނިމިފައިވާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފި އެވެ.

ފޮއްދޫ ސިއްޙީ މަރުކަޒުގެ ފައުންޑޭޝަން އެޅުމުގެ މަސައްކަތް ފަށާފައިވަނީ އޮކްޓޫބަރު މަހު ފަހުކޮޅު އެވެ.

ފޮއްދޫގެ ސިއްޙީ މަރުކަޒުގެ ބިންގާ އަޅާފައި ވަނީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނ. އަތޮޅަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން ފޮއްދޫއަށް ވަޑައިގެން ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައެވެ. މި އިމާރާތުގެ ބިންގާ އަޅުއްވައިދެއްވީ ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހިމް އެވެ.

ފޮއްދޫގައި އަލަށް އިމާރާތްކުރާ ޞިއްޙީ މަރުކަޒުގެ މަސައްކަތް އެމްޓީސީީސީއާ ހަވާލުކޮށްފައިވަނީ 26.8 މިލިއަން ރުފިޔާއަށެވެ.

އެރަށުގައި ތަރައްޤީކުރުމަށް ހަމަޖެހިފައިވަނީ 18 އެނދުގެ ސިއްޙީ މަރުކަޒެކެވެ. ސިއްޙީ މަރުކަޒު ތަރައްޤީ ކުރާނީ އެހެނިހެން މުހިއްމު ވަޞީލަތްތަކާއެކު އެވެ. 

ކިޔުންތެރިންގެ ހިޔާލު