ENGLISH
02 ޑިސެމްބަރު 2025
ނިދާ ކޮޓަރީގައި ކުރުނބާ ފަނި ތައްޔާރުކޮށް ވިއްކި ބިދޭސީންތަކެއް އިމިގްރޭޝަންގެ ބެލުމުގެ ދަށަށް
02 ޑިސެމްބަރު 2025
|
ނިދާ ކޮޓަރީގައި ކުރުނބާ ފަނި ހަދައިގެން ޑެލިވަރީ ކުރި ބިދޭސީންތަކެއް އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނައުން--ފޮޓޯ:ޕޮލިސް
ސާފުތާހިރުކަން ކުޑަވާގޮތަށް ކުރުނބާ ފަނި ތައްޔާރުކޮށް، ޑެލިވަރީ ކުރުމުގެ މަސައްކަތް ކުރަމުން ދިޔަ ބިދޭސީންތަކެއް އިމިގްރޭޝަނުގެ ބެލުމުގެ ދަށަށް ގެންގޮސްފި އެވެ.
ބަންގްލަދޭޝްގެ ދެ ފިރިހެނަކު އިމިގްރޭޝަނުގެ ބެލުމުގެ ދަށަށް ގެންގޮސްފައިވަނީ، ދިވެހި ފުލުހުންގެ ހިދުމަތާއި އިމިގްރޭޝަނުން ގުޅިގެން އިއްޔެ ހިންގި އޮޕަރޭޝަނެއްގަ އެވެ.
މި އޮޕަރޭޝަނާއި ގުޅޭ އިތުރު މައުލޫމާތު ހިއްސާކުރަމުން ފުލުހުން ބުނީ، ބިދޭސީން އުޅެމުން ދިޔަ ތަނެއް ބަލައިފާސް ކުރި އިރު ގިނަ އަދަދެއްގެ ކުރުނބާއާއި ހުސްފުޅިތަކެއް ފެނިފައިވާކަށެވެ. އަދި އެތަނަކީ ކުރުނބާ ވިއްކުމަށް ހަދައި، ކުރުނބާ ފަނި ފުޅި ތައްޔާރުކޮށް ގިނަ ފިހާރަތަކަށް ޑެލިވަރީ ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ތަނެއްކަން ފުލުހުންގެ އިދާރާއަށް ފާހަގަކުރެވިފައިވާ ކަމަށެވެ.
ޤަވާއިދާ ޚިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީން ކުރާ ވިޔަފާރިތައް ހުއްޓުވައި، އެފަދަ ފަރާތްތައް އަނބުރާ އެމީހުންގެ ޤައުމުތަކަށް ފޮނުވާލުމުގެ މަސައްކަތް ސަރުކާރުން ފަށާފަވާއިރު ބިދޭސީ މަސައްކަތްތެރިންނާމެދު އިހުމާލުވާ ފަރާތްތަކާމެދު ފިޔަވަޅު އަޅަން މިހާރު ވަނީ ފަށާފަ އެވެ.
ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށްޓަކައި "ޓާސްކްފޯސް އޮން އިލީގަލް އެކްސްޕެޓް އޮޕަރޭޝަންސް" އިން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.