ENGLISH

04 ޑިސެމްބަރު 2025

Advertisement

ނޮވެމްބަރު މަހު ފުވައްމުލައް ސިޓީގެ ފެނަށް ބިލް ނުކުރާނެ؛ ފެނަކަ

02 ޑިސެމްބަރު 2025

|

އާމިނަތު ނުޒްލާ

ފުވައްމުލައް ސިޓީގެ މަގެއް. އެ ސިޓީގެ ރައްޔިތުންނަށް ނޮވެމްބަރު މަހުގެ ފެން ބިލު ވަނީ ހިލޭކޮށްދީފައި. ފޮޓޯ: ޕީއެސްއެމް

ނޮވެމަބަރު މަހު ފުވައްމުލައް ސިޓީގެ ފެނަށް ބިލް ނުކުރާނެކަމަށް ފެނަކައިން ބުނެފި އެވެ.

ފެނަކައިން ނެރުނު ބަޔާނުގައި ބުނެފައިވަނީ ފުވައްމުލައް ސިޓީގައި ދިމާވެފައިވާ ފެނުގެ މައްސަލަ ހައްލުކޮށް، ރަނގަޅު ފެންވަރެއްގައި ފެނުގެ ޚިދުމަތް އަލުން ދިނުމަށްޓަކައި ކުރަންޖެހޭ ހުރިހާ މަސައްކަތެއް ހުއްޓުމެއް ނެތި ކުރަމުން އަންނަކަމުގެ ޔަގީންކަން އެރަށުގެ ރައްޔިތުންނަށް އަރުވާކަމަށެވެ.

ވޭތުވެދިޔަ ދުވަސްތަކުގައި ފުވައްމުލައް ސިޓީގެ ފެނުގެ ނެޓްވޯކަށް މައްސަލައެށް ދިމާވެ، އެ މައްސަަލަ ހައްލުކުރުމަށް ކުރަމުން ދިޔަ މަސައްކަތުގައި ފެން ކެނޑުމާއި، ފެނުގެ ޕްރެޝަރ ދަށްވުންފަދަ ކަންކަން ދިމާވެފައިވާކަން އެ ކޯޕަރޭޝަނުގެ ބަޔާނުގައި ބުނެފައިވެއެވެ. 

އެހެންކަމުން އެ ސިޓީގެ ފެނުގެ ނިޒާމު އަޕްގްރޭޑް ކުރުމުގެ މަސައްކަތްތައް މިހާރުވެސް ކުރަމުން އަންނަކަން ފެނަކައިން ބުންޏެވެ.

ފުވައްމުލަކުގެ ސިޓީގެ ރައްޔިތުންނަށް ދިމާވި އުދަގޫތަކަށް ރިއާޔަތްކޮށް، ރައްޔިތުންނަށް ލުޔެއް ދިނުމަށްޓަކައި ފާއިތުވި ނޮވެމްބަރު މަހު ފުވައްމުލައް ސިޓީގެ ފެނަށް ބިލު ނުކުރާގޮތަށް ނިންމާފައިވާކަން އެ ކޯޕަރޭޝަނުން ހާމަކުރިއެވެ.

ފެނުގެ ޚިދުމަތް ކެނޑި، ދިމާވި ދަތި އުނދަގޫތަކުގައި ވެސް، އެ ސިޓީގެ ރައްޔިތުންގެ ފަރާތުން ދެއްވި އެއްބާރުލުމާއި އެހީތެރިކަން ފާހަގަކޮށް އެކަމަށް ފެނަކައިން ވަނީ ޝުކުރުއަދާކޮށްފައެވެ. 

ފުވައްމުލައް ސިޓިގައި ސަޕްލައި ފެން ތަޣައްޔަރުވެ ވަގުތީ ގޮތުން ފެން ކަނޑާލީ ނޮވެމްބަރު މަހުގެ ފުރަތަމަ ހަފްތާގެ ތެރޭގަ އެވެ. އެހެންނަމަވެސް މިހާރު ގޭބީސީތަކަށް ފެނަކައިން އަންނަނީ ފެނުގެ ޚިދުމަތް ފޯރުކޮށްދެމުންނެވެ.

ކިޔުންތެރިންގެ ހިޔާލު