ENGLISH

04 ޑިސެމްބަރު 2025

Advertisement

ފުލުހުންގެ މަސައްކަތް އިތުރަށް ހަރުދަނާކުރުމަށް ކޮންފަރެންސެއް ފަށައިފި

02 ޑިސެމްބަރު 2025

|

ޢަލީ ޝަހީމް

ފުލުހުންގެ މަސައްކަތް ހަރުދަނާކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ދެނެގަތުމަށް ފެށި ކޮންފަރެންސް. ފޮޓޯ: ޕޮލިސް

ދިވެހި ފުލުހުންގެ ހިދުމަތުގެ އޮޕަރޭޝަނަލް މަސައްކަތްތައް އިތުރަށް ހަރުދަނާކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ދެނެގަތުމަށް ބާއްވާ "ލޯކަލް ޕޮލިސިން ކޮންފަރެންސް" މިއަދު ފަށައިފިއެވެ.

ކޮންފަރެންސް ކުރިއަށްގެންދަނީ ޕެރަޑައިސް އައިލެންޑް ރިސޯޓް އެންޑް ސްޕާގައެވެ. މިއަދު ފެށި ކޮންފަރެންސް ޝަރަފްވެރިކޮށްދެއްވީ ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވުޒާރާގެ ވަޒީރު ޢަލީ އިޙްސާންއެވެ. ޕެރަޑައިސްގައި ކޮންފަރެންސް ކުރިއަށްދާނީ މާދަމާގެ ނިޔަލަށެވެ. 

ރަސްމިއްޔާތުގައި ކޮމިޝަނަރ އޮފް ޕޮލިސް އިސްމާޢީލް ނަވީން އާއި ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް ފަރުހާދު ފިކުރީ އާއި ފުލުހުންގެ އެގްޒެކެޓިވް އޮފިސަރުންނާއި ކޮމިޝަންޑް އޮފިސަރުންގެ އިތުރުން ދިވެހި ފުލުހުންގެ ޚިދުމަތުގެ ބަހާތަކުގެ އިސްވެރިންނާއި އިސް މުވައްޒަފުން ބައިވެރިވިއެވެ. 

ލޯކަލް ޕޮލިސިން ކޮންފަރެންސަކީ ދިވެހި ފުލުހުންގެ ހިދުމަތުގެ އޮޕަރޭޝަނަލް މަސައްކަތްތައް އިތުރަށް ހަރުދަނާކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ދެނެގަނެ، އެކަމަށް ބޭނުންވާ ޕްލޭނެއް ތައްޔާރު ކުރުން ކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ވަނީ ބުނެފައެވެ. 

ކޮންފަރެންސްގައި ދިވެހި ފުލުހުންގެ ޚިދުމަތުގެ ހުރިހާ ބަހާއެއް ހިމެނޭގޮތަށް ޖުމްލަ 170 ބައިވެރިން ބައިވެރިވެއެވެ.

ފުލުހުންގެ ކޮންފަރެންސެއް ފެށިއިރު، ނޮވެމްބަރު 27 ވަނަ ދުވަހު ވަޒީރު ޢަލީ އިޙްސާން ވަނީ ފުލުހުންނާއެކު ޚާއްޞަ ބައްދަލުވުމެއް ބާއްވައި، ސިސްޓަމްގައި ހުރި މައްސަލަތަކާ ގުޅޭގޮތުން ވާހަކަދައްކަވައިފައެވެ. 

ކިޔުންތެރިންގެ ހިޔާލު