ENGLISH

02 ޑިސެމްބަރު 2025

Advertisement

ޗަމްޕާގެ ފަސް ތަރީގެ ރިސޯޓު 'ނަލަ މޯލްޑިވްސް ބައި ޖާވާކަރަ' ރަސްމީކޮށް ހުޅުވައިފި

02 ޑިސެމްބަރު 2025

|

ޢަލީ ޝަހީމް

ޅ. އަތޮޅުގައި ހިންގި އިންނަހުރާ މޯލްޑިވްސް ރިސޯޓު ފަސް ތަރީގެ ފެންވަރަށް ތަރައްޤީކޮށް 'ނަލަ މޯލްޑިވްސް ބައި ޖާވާކަރަ' ގެ ނަމުގައި ރަސްމީކޮށް އިއްޔެ ހުޅުވައިފިއެވެ. 

އިއްޔެ ނަލަ މޯލްޑިވްސްގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައި ރިސޯޓު ރަސްމީކޮށް ހުޅުއްވައިދެއްވީ ފަތުރުވެރިކަމާއި ތިމާވެއްޓާ ބެހޭ ވުޒާރާގެ ވަޒީރު އިބްރާހީމް ޠާރިޤު އަދި ޗަމްޕާ ބްރަދާސްގެ ޗެއާމަން މުޙައްމަދު މޫސާ (އުއްޗު) އެވެ. 

އިންނަހުރާ މޯލްޑިވްސް ރިސޯޓު ފަސް ތަރީގެ ފެންވަރަށް ތަރައްޤީކުރީ ދެ އަހަރު ދުވަހުގެ މަސައްކަތުން ކަމަށް ކްރައުން އެންޑް ޗަމްޕާ ގްރޫޕުން ވަނީ ބުނެފައެވެ. 

ރަސްމިއްޔާތުގައި ވަޒީރު ޠާރިޤު ވަނީ، ކްރައުން އެންޑް ޗަމްޕާއަކީ ފަތުރުވެރިކަމުގެ ސިނާއަތުގައި ރާއްޖޭގެ އެންމެ ވަރުގަދަ އަދި އެންމެ އީޖާދީ އެއް ކުންފުނީގެ ގޮތުގައި ފާހަގަކުރައްވައި، ފަތުރުވެރިކަން ކުރިއެރުވުމުގައި އެ ކުންފުނިން ކުރާ މަސައްކަތަށް ޝުކުރުއަދާކުރައްވާފައެވެ. 

ކްރައުން އެންޑް ޗަމްޕާ ރިޒޯޓްސްގެ ސީއީއޯ މުޙައްމަދު ސޮލާޙް ވިދާޅުވީ، ރިސޯޓު ފަސް ތަރީގެ ފެންވަރަށް ހުޅުވީ، 80 ވިލާއާއެކު ކަމަށެވެ. އަދި، މި ރިސޯޓަށް ޒިޔާރަތްކުރާ ފަތުރުވެރިންނަށް ޖާވާކަރައިގެ އަނެއް ދެ ރިސޯޓު ކަމަށްވާ މާބިންހުާ އާދި ދެރު ތަޖުރިބާކުރެވޭނެ ކަމަށް ސޮލާޙް ވިދާޅުވިއެވެ. 

ނަލަ މޯލްޑިވްސް ބައި ޖާވާކަރައަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ސީޕްލޭންގައި 35 މިނެޓުން ދެވެއެވެ. އެ ރިސޯޓުގައި ހުންނަ 80 ވިލާގެ ތެރޭގައި ރޮމޭންޓިކް ބީޗު ވިލާ، ސަންރައިސް ބީޗު ވިލާ، ސަންސެޓް ބީޗު ވިލާ، އަދި އޯޝަން ޕޫލް ވިލާ ހިމެނެއެވެ. 

ބީޗް ވިލާތަކާއެކު ފެންވަރު ރަނގަޅު 7 ރެސްޓޯރެންޓާއި ކުޅިވަރު ވަޞީލަތްތައް ވަނީ ޤާއިމުކޮށްފައެވެ. 

ކިޔުންތެރިންގެ ހިޔާލު