ENGLISH

04 ފެބްރުއަރީ 2026

Advertisement

ބަރުދަން ދާއިމީގޮތެއްގައި ދަށްކުރުމަށް ކުރާ "ބެރިއަޓްރިކް ސަރޖަރީ" އައިޖީއެމްއެޗްގައި ފަށައިފި

02 ޑިސެމްބަރު 2025

|

ޢަލީ ޝަހީމް

ބެރިއަޓްރިކް ސަރޖަރީކުރުން ފެށުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތުގެ ތެރެއިން

ބަރުދަން މަތިވެފައިވާ މީހުންގެ ބަރުދަން ދާއިމީ ގޮތެއްގައި ދަށްކުރުމަށް އެހީތެރިވުމަށް ކުރާ ކާމިޔާބު އޮޕަރޭޝަން "ބެރިއަޓްރިކް ސަރޖަރީ" ދަރުމަވަންތަ ހޮސްޕިޓަލާއި އައިޖީއެމްއެޗްގައި އިއްޔެ ފަށައިފިއެވެ. 

މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ، އިބްރާހީމް އަބްދުއްރައްޒާޤް ހަލީމް މީސްމީޑިއާގައި ރޭ ކުރެއްވި ޕޯސްޓުގައި ވިދާޅުވީ، މި އޮޕެރޭޝަންތަކުން، ބަލިމީހާއަށް ރަނގަޅު ސިއްޙަތެއް ލިބިދިނުމާއެކު ނަފްސާނީ ދުޅަހެޔޮކަން ރަނގަޅުވެ އަމިއްލަ ނަފްސަށް އޮންނަ އިތުބާރު ބޮޑުވާނެ ކަމަށެވެ. 

ބެރިއަޓްރިކް ސަރޖަރީއާ އެކު ކުރިން ބޭސްކުރަމުން އައި، ގައިންގަޔަށް ނާރާ ބައެއް ބަލިތަކަށް ބޭސްކުރަން ނުޖެހޭނެ ކަމަށް ސީއީއޯގެ ޕޯސްޓުގައި ވިދާޅުވިއެވެ. އޭގެ ތެރޭގައި ޓައިޕް 2 ހަކުރުބައްޔާއި، ލޭ މައްޗަށް ދިއުމާއި ކޮލެސްޓެރޯލް މަތިވުމާއި، ހިތުގެ ބަލިތަކާއި ބައެއް ބާވަތުގެ ކެންސަރުން ރައްކާތެރިވުމަށް އެހީތެރިވުން ހިމެނޭކަމަށް ވިދާޅުވިއެވެ. 

އިބްރާހީމް އަބްދުއްރައްޒާޤް ހަލީމް ވިދާޅުވީ، ދަރުމަވަންތަ ހޮސްޕިޓަލާއި އައިޖީއެމްއެޗްގައި މި އޮޕެރޭޝަންގެ ޚިދުމަތް ގާއިމުވެގެންދިއުމަކީ ބަލިތަކަށް ޒަމާންތަކެއް ވަންދެން ބޭސްކަމުން އަންނަ، އެކަށީގެންވާ ވަރަށްވުރެ ހަށިގަނޑުގެ ބަރުދަން މަތިވެ، އުއްމީދު ނެތިފައިވާ އެތައް ބަޔަކަށް ލިބިގެންދާނެ ވަރަށް އުއްމީދީ ހައްލެއް ކަމަށެވެ. 

ބެރިއަޓްރިކް ސަރޖަރީގެ ޚިދުމަތް އައިޖީއެމްއެޗާއި ދަރުމަވަންތަ ހޮސްޕިޓަލްގައި ފެށުން. މިއީ ސަރުކާރުގެ ހޮސްޕިޓަލެއްގައި މި ޚިދުމަތް ފެށި ފުރަތަމަ ފަހަރު.

ސަރުކާރުގެ ހޮސްޕިޓަލެއްގައި މުޅިން އަލަށް މިފަދަ މުހިންމު ޚިދުމަތެއް ފެށުމަށް ހޮސްޕިޓަލްތަކުގެ ސަރޖަރީ ޑިޕާޓްމަންޓުގެ ޓީމުން މަސައްކަތްކުރާތާ ދުވަސްތަކެއް ވެފައިވާކަމަށާއި، މި މަސައްކަތް ކާމިޔާބު ވަނީ އެތައް ބައެއްގެ މަސައްކަތުންނާއި އެހީތެރިކަމާ އެކު ކަމަށް ސީއީއޯ ވިދާޅުވިއެވެ. އެގޮތުން، ސަރޖަނުންނާއި، އެފަރާތްތަކާ އެކު މަސައްކަތްކުރާ ހޭނައްތާ ޑޮކްޓަރުން، ނަރުހުން، އެހެނިހެން ޓެކްނިކަލް/ކްލިނިކަލް މަސައްކަތްތެރިންނާއި އިދާރީ މުވައްޒަފުން އަދި ސަޕޯޓް ސްޓާފުންގެ މަސައްކަތް ސީއީއޯ ފާހަގަކުރެއްވިއެވެ. އަދި، ދިވެހިރާއްޖޭގެ ފުރަތަމަ ބެރިއަޓްރިކް ސަރޖަން، ޑރ. އަޒްނާގެ ނަން ވަކިން ފާހަގަކޮށް ސީއީއޯ ވަނީ މަރުޙަބާ ދަންނަވާފައެވެ. 

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ޞިއްޙީ ދާއިރާއަށް ގެންނަވަމުންދާ ހަރުދަނާ އަދި ތަރައްޤީގެ ކުރިއެރުންތަކަކީ ފަހުގެ ތާރީޚެއްގައި މި ދާއިރާއިން ލިބުނު ފާހަގަކޮށްލެވޭ އެންމެ ބޮޑެތި ކާމިޔާބީތަކެއްކަން ސީއީއޯ ފާހަގަކުރެއްވިއެވެ. އަދި، އައު ޚިދުމަތްތައް ތަޢާރަފުކޮށް، ރައްޔިތުންނަށް ފުޅާދާއިރާއެއްގައި ޞިއްޙީ ޚިދުމަތްތައް ފޯރުކޮށްދެއްވުމަށް އެމަނިކުފާނު ކުރައްވަމުން ގެންދަވާ ބުރަ މަސައްކަތްތަކަށް އިބްރާހީމް އަބްދުއްރައްޒާޤް ހަލީމް ވަނީ ޝުކުރު ދަންނަވާފައެވެ. 

ރާއްޖޭގައި ބެރިއަޓްރިކް ސަރޖަރީގެ ޚިދުމަތް މީގެ ފަސް އަހަރު ކުރިން ފެށީ އޭޑީކޭ ހޮސްޕިޓަލުގައެވެ. ސަރުކާރުގެ ހޮސްޕިޓަލްތަކުން މި ޚިދުމަތް ފެށުމަކީ ގިނަ ބަޔަކަށް ލިބިގެންދާނެ ލުއިފަސޭހައެކެވެ. 

ކިޔުންތެރިންގެ ހިޔާލު