ENGLISH
03 ޑިސެމްބަރު 2025
ހިރިލަންދޫ ބިން ހިއްކުމުގެ މަޝްރޫއު ނިމުމާގާތަށް
02 ޑިސެމްބަރު 2025
|
ހިރިލަންދޫ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތުގެ ތެރެއިން--ފޮޓޯ:އެމްޓީސީސީ
ތ. ހިރިލަންދޫ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއުގެ 80 އިންސައްތަ މަސައްކަތް ނިމިފައިވާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފި އެވެ.
އެމްޓީސީސީން ބުނީ މިހާރު ކުރިއަށްދަނީ ހިއްކި ސަރަހައްދު ހިމާޔަތްކުރުމުގެ ގޮތުން ބޮޑުހިލަ ޖެހުމުގެ މަސައްކަތް ކަމަށެވެ.
ޑްރެޖަރަށް ދިމާވި މައްސަލައަކާ ގުޅިގެން ހިރިލަންދޫ ބިން ހިއްކުމުގެ މަޝްރޫއު މެދު ކެނޑާލިއިރު ހިއްކާ ސަރަހައްދުގެ ބަންޑް ވޯލް ޖަހާ، ވެލިއެޅުން ފިޔަވާ އެހެން ހުރިހާ މުހިންމު މަސައްކަތްތަކެއް ވަނީ ނިންމާފަ އެެވެ.
ހިރިލަންދޫ ބިން ހިއްކުމުގެ މަޝްރޫއުގެ ދަށުން 25 ހެކްޓަރު ބިން ވަނީ ހިއްކާފަ އެވެ.
ސަރުކާރުން 150 މިލިއަން ރުފިޔާ ހަރަދުކޮށްގެން ކުރިއަށްގެންގޮސްފައިވާ މި މަޝްރޫއުގެ ދަށުން ހިއްކާ ސަރަހައްދު ހިމާޔަތްކުރުމަށް 1200 މީޓަރުގެ ތޮށްޓެއް ލުމަށް ވަނީ ހަމަޖެހިފަ އެވެ.
ހިރިލަންދޫއަކީ އިޤްތިޞާދީ ހަރަކާތްތައް ފުޅާ ދާއިރާއެއްގައި ކުރަމުން އަންނަ ރަށެކެވެ. އެގޮތުން ފައިބަރު މަސައްކަތާއި، މަސްވެރިކަމުގެ އިތުރުން މަސް ކައްކައިގެންވެސް ނަފާ ހޯދަމުން އަންނަ ރަށެކެވެ. މި މަސައްކަތްތައް ފުޅާ ދާއިރާއެއްގައި ހިންގާ ރަށަކަށް ދިމާވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ، އެ މަސައްކަތް ކުރުމަށް ބޭނުންވާ ބިން ލިބިމުގައި ދިމާވެފައިވާ ދަތިކަމެވެ.
އެހެންކަމުން ބިން ހިއްކުމުގެ މަޝްރޫއު ނިމުމާއެކު ހިރިލަންދޫއަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލެއް ލިބިގެން ދިއުމުގެ އިތުރުން އެރަށުގައި ވިޔަފާރީގެ އިތުރު މަސައްކަތްތައް ކުރުމަށް މަގުފަހިވެގެންދާނެ އެވެ.