ENGLISH

02 ޑިސެމްބަރު 2025

Advertisement

އިންވެސްޓްމަންޓުގެ މަޝްވަރާތަކަށް ސަޢޫދީ އަރަބިއްޔާގެ ވަފުދެއް ރާއްޖެ އަތުވެއްޖެ

02 ޑިސެމްބަރު 2025

|

ޢަލީ ޝަހީމް

ރާއްޖެ ވަޑައިގެންނެވި ސަޢޫދީ އަރަބިއްޔާގެ ވަފުދު. ތިން ދުވަހުގެ ދަތުރުގައި އެކި ފަންތީގެ މަޝްވަރާތައް ކުރާނެ.

އިންވެސްޓްމަންޓުގެ ފުރުޞަތުތަކާ ގުޅޭގޮތުން މަޝްވަރާކުރުމަށް ސަޢޫދީ އަރަބިއްޔާގެ ވަފުދެއް ރާއްޖެ އައިސްފައިވާކަމަށް ރާއްޖޭގައި ހުންނަ ސަޢޫދީ އެމްބަސީން ބުނެފިއެވެ. 

ސަޢޫދީ އެމްބަސީން "އެކްސް" ގައި ކުރި ޕޯސްޓުގައި ބުނީ، މަޝްވަރާތަކަށް ސަޢޫދީ ޢަރަބިއްޔާގެ އިންވެސްޓްމަންޓާ ބެހޭ ވުޒާރާގެ ޑެޕިއުޓީ މިނިސްޓަރު ސާރާ އަލް ސައީދާއި ސަރުކާރުގެ ބައެއް އިސްވެރިންނާއި އަމިއްލަ ކުންފުނިތަކުގެ މަންދޫބުން ރާއްޖެ އައިސްފައިވާ ކަމަށެވެ.

އެމްބަސީން ބުނީ ދަތުރުފުޅާއެކު، ދެ ޤައުމު ގުޅިގެން ހިންގިދާނެ އިންވެސްޓްމަންޓްގެ އެކި ފުރުޞަތުތަކާ ބެހޭގޮތުން މަޝްވަރާކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ. އަދި، ތިން ދުވަހުގެ މަޝްވަރާ ދަތުރުގައި ސަރުކާރުގެ އެކީ ފަންތީގެ ބޭފުޅުންނާ ބައްދަލުކުރުމަށް ހަމަޖެހިފައިވާކަމަށް ރާއްޖޭގައި ހުންނަ ސަޢޫދީ އެމްބަސީން ބުނެފައިވެއެވެ. 

ސަޢޫދީ އަރަބިއްޔާއަކީ ރާއްޖޭގެ ތަރައްޤީގެ މަޝްރޫޢުތަކުގައި ބޮޑު ޙިއްޞާއެއް ވެފައިވާ، އަދި ވަމުން އަންނަ ޤައުމެކެވެ. އެގޮތުން، މިއަހަރު ހުޅުވި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ޓާމިނަލަކީ ސަޢޫދީގެ ހިލޭ އެހީއާއި ފަންޑުގެ ލޯނުގެ އެހީގައި ކުރިއަށްގެންދިޔަ މަޝްރޫޢެކެވެ. 

ކިޔުންތެރިންގެ ހިޔާލު