ENGLISH

02 ޑިސެމްބަރު 2025

Advertisement

ރައީސް، އެސްއެމްއައިގެ "ހައި-ލެވެލް ބްރީފިންގ އޮން ޕްރައިވެޓް ކެޕިޓަލް މޮބަލައިޒޭޝަން" ގައި ބައިވެރިވެވަޑައިގެންފި

02 ޑިސެމްބަރު 2025

|

އަޙުމަދު ޙަމީދު

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، އިނގިރޭސިވިލާތުގެ ރަސްގެފާނު، ހިޒް މެޖަސްޓީ ޗާލްސް ތިންވަނައިގެ އިސްނެންގެވުމުގެ ދަށުން އިންތިޒާމްކުރެވުނު 'ހައި-ލެވެލް ބްރީފިންގ އޮން ޕްރައިވެޓް ކެޕިޓަލް މޮބިލައިޒޭޝަން' ގައި ބައިވެރިވެވަޑައިގެންފި އެވެ.

މި ބައްދަލުވުން އިންތިޒާމުކޮށްފައިވަނީ ހިޒް މެޖަސްޓީ ޗާލްސް ތިންވަނަ އިސްނަންގަވައިގެން އުފައްދަވާފައިވާ ސަސްޓެއިނަބަލް މާކެޓްސް އިނިޝިއޭޓިވް (އެސް.އެމް.އައި.) އިންނެވެ. މި ބައްދަލުވުމުގައި، ބައިނަލްއަޤްވާމީ ޑިވެލޮޕްމަންޓް ބޭންކްތަކާއި (އެމް.ޑީ.ބީ.) ޕްރައިވެޓް ފައިނޭންސް ފޯރުކޮށްދޭ އިންސްޓިޓިއުޝަންތަކުގެ އިސްވެރީން ބައިވެރިވެވަޑައިގެންނެވި އެވެ. މި ބައްދަލުވުމުގެ މައިގަނޑު މަޤްޞަދަކީ، ޤައުމުތަކުން ދެމެހެއްޓެނިވި ތަރައްޤީއަށް މަސައްކަތްކުރުމުގައި އެމް.ޑީ.ބީ.ތައް މެދުވެރިކޮށް ޕްރައިވެޓް ފައިނޭންސް މޮބިލައިޒްކުމުގެ މަސައްކަތްތައް ހަލުވިކުރުމެވެ.

މި ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި އެހެނިހެން ޢިއްޒަތްތެރި ބޭފުޅުންގެ ތެރޭގައި ހިމެނެނީ ކޮމަންވެލްތް އޮފް ދަ ބަހާމާސްގެ ބޮޑު ވަޒީރު، ދަ އޮނަރަބަލް ފިލިޕް އެޑްވަރޑް ޑޭވިސް، ކޭ.ސީ.އަލްޓެރާގެ ޗީފް އެގްޒެކެޓިވް އޮފިސަރ، މރ. މަޖީދު އަލް ސުވޭދީވަރލްޑް ބޭންކް ގްރޫޕްގެ ރައީސް، މރ. އަޖޭ ބާންގާއިންޓަރ-އެމެރިކަން ޑިވެލޮޕްމަންޓް ބޭންކް (އައި.ޑީ.ބީ.) ގެ ރައީސް، މރ. އީލާން ގޯލްޑްފައިންއޭޝިއަން ޑިވެލޮޕްމަންޓް ބޭންކް (އޭ.ޑީ.ބީ.) ގެ ރައީސް، މރ. މަސާތޮ ކާންޑާއެފްރިކަން ޑިވެލޮޕްމަންޓް ގްރޫޕްގެ ރައީސް، ޑރ. ސީދީ އޫލްދް ތާއެފްރިކާ ފައިނޭންސް ކޯޕަރޭޝަން (އޭ.އެފް.ސީ.) ގެ ރައީސް އަދި ޗީފް އެގްޒެކެޓިވް އޮފިސަރ، މރ. ސަމައިލާ ޒުބައިރޫޔޫރަޕިއަން ބޭންކް ފޮރ ރިކޮންސްޓްރަކްޝަން އެންޑް ޑިވެލޮޕްމަންޓް (އީ.ބީ.އާރު.ޑީ.) ގެ ރައީސް، މރ. އޮޑީލް ރެނޯ-ބާސޯޔޫރަޕިއަން އިންވެސްޓްމަންޓް ބޭންކް (އީ.އައި.ބީ.) ގެ ރައީސް، މިސް ނާޑިއާ ކަލްވީނިޔޯއޭޝިއަން އިންފްރަސްޓްރަކްޗަރ އިންވެސްޓްމަންޓް ބޭންކް (އޭ.އައި.އައި.ބީ) ގެ ރައީސް، މިސްޓަރ ޖިން ލީކުންކެރީބިއަން ޑިވެލޮޕްމަންޓް ބޭންކް (ސީ.ޑީ.ބީ.) ގެ ރައީސް، މިސްޓަރ ޑެނިއަލް ބެސްޓްފިންޑެވް ކެނެޑާގެ ޗީފް އެގްޒެކެޓިވް އޮފިސަރ، މިސް ލޯރީ ކަރއެސް އެންޑް ޕީ ގްލޯބަލްގެ ރައީސް އަދި ޗީފް އެގްޒެކެޓިވް އޮފިސަރ، މިސް މަރޓީނާ އެލް. ޗަންގް ސްޓޭންޑާރޑް ޗާރޓަރޑްގެ ގްރޫޕް ޗީފް އެގްޒެކެޓިވް އޮފިސަރ، މިސްޓަރ ބިލް ވިންޓަރޒްއެޗް.އެސް.ބީ.ސީ.ގެ ގްރޫޕް ޗީފް އެގްޒެކެޓިވް އޮފިސަރ، މިސްޓަރ ޖޯޖް އެލްހެދެރީބާރކްލޭސްގެ ޗީފް އެގްޒެކެޓިވް އޮފިސަރ، މިސްޓަރ ސީ. އެސް. ވެންކަޓަކްރިޝްނަންބޭންކް އޮފް އެމެރިކާ އިންޓަރނޭޝަނަލްގެ ރައީސް، މިސްޓަރ ބަރނާޑް މެންސާބްލެކްރޮކްގެ ސީ.އީ.އޯ އިންޓަރނޭޝަނަލް، މިސް ރޭޗަލް ލޯޑްއެޑްވެންޓް އިންޓަރނޭޝަނަލްގެ މެނޭޖިންގ ޕާރޓްނަރ، މިސްޓަރ ޖޭމްސް ބްރޮކަލްބެންކްޕްރައިސްވޯޓަރހައުސްކޫޕަރސް (ޕީ.ޑަބްލިޔު.ސީ.) ގެ ގްލޯބަލް ޗެއަރމަން، މިސްޓަރ މުޙައްމަދު ކާންޑޭމަސްދަރގެ ޗީފް އެގްޒެކެޓިވް އޮފިސަރ، މިސްޓަރ މުޙައްމަދު ޖަމީލް އަލް ރަމާހީއޮކްޓޮޕަސް އެނަރޖީގެ ކޯ-ފައުންޑަރ އަދި ޗީފް އެގްޒެކެޓިވް އޮފިސަރ، މިސްޓަރ ގްރެގް ޖެކްސަންރޮބަރޓްސަން ގްރޫޕްގެ ޗީފް އެގްޒެކެޓިވް އޮފިސަރ، މިސްޓަރ އެލިއޮޓް ރޮބަރޓްސަންކޮންޑޫއިޓް ރީގެ ޗީފް އެގްޒެކެޓިވް އޮފިސަރ، މިސްޓަރ ނީލް އެކަރޓް ހިމެނިވަޑައިގަންނަވަ އެވެ.

މި ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ "ޑެޓް-ފޮރ-ކްލައިމެޓް" އަދި "ޑެޓް-ފޮރ-ނޭޗަރ" މަޝްރޫޢުތައް ކުރިއެރުވުމަށާއި، ތިމާވެއްޓާ ރައްޓެހި ޕްރައިވެޓް ފައިނޭންސް ފޯރުކޮށްދޭ އިންސްޓިޓިއުޝަންތަކުގެ އެއްބާރުލުން އިތުރުކުރުމާގުޅޭ މަޝްވަރާތަކުގައި ބައިވެރިވެވަޑައިގެންފަ އެވެ. މިގޮތުން، ދިވެހިރާއްޖެއަށާއި ކުދި ޖަޒީރާ ޤައުމުތަކަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކާއި މާލީ އެހީތެރިކަމުގެ ބޭނުންތައް ފާހަގަކުރައްވާ، އެކަންކަމަށް ހައްލު ހޯދުމަށް މަގުފަހިކުރެވިދާނެ ގޮތްތަކެއް ރައީސުލްޖުމްހޫރިއްޔާ ވަނީ ހުށަހަޅުއްވާފަ އެވެ.

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އިނގިރޭސިވިލާތަށް މިހާރު ކުރައްވަމުންދާ ދަތުރުފުޅަކީ އިނގިރޭސިވިލާތުގެ ރަސްގެފާނު، ހިޒް މެޖަސްޓީ ޗާލްސް ތިންވަނައިގެ ދަޢުވަތަކަށް ކުރައްވާ ދަތުރުފުޅެކެވެ. މި ދަތުރުފުޅުގެ ތެރެއިން މޫސުމީ ބަދަލުތަކަށް އެކަށޭނެ، އިންސާފުވެރި އަދި ދެމެހެއްޓެނިވި މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށާއި، ރާއްޖެފަދަ ކުދި ޖަޒީރާ ޤައުމުތަކަށް މިފަދަ އެހީތެރިކަމުގެ ފުރިހަމަ މަންފާ ލިބިގެންދާނެ ގޮތްތަކަށް ވަކާލާތުކުރުމުގައި ބައިނަލްއަޤްވާމީ މައިދާނުގައި ދިވެހިރާއްޖޭގެ އަޑު އިތުރަށް އުފުލުމުގެ ފުރުޞަތު ލިބިގެންދިޔަ އެވެ.

ސަސްޓެއިނަބަލް މާކެޓްސް އިނޝިއޭޓިވްގެ މި ބައްދަލުވުމަކީ، ސަރުކާރުތަކުގެ ލަނޑުދަނޑިތަކާއި އަމިއްލަ ފަރާތްތަކުގެ އިންވެސްޓްމަންޓް ގުޅުވައިލުމަށްޓަކައި ދުނިޔޭގެ ފެންވަރުގައި ކުރެވޭ މުހިންމު މަސައްކަތެކެވެ.

ކިޔުންތެރިންގެ ހިޔާލު