ENGLISH
01 ޑިސެމްބަރު 2025
ބޮޑެތި ޑިސްކައުންޓްތަކާ އެކު އެމްޓީސީސީގެ "ކަށަވަރު ޕްރޮމޯ" ފަށައިފި
01 ޑިސެމްބަރު 2025
|
މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގް ކޮމްޕެނީ (އެމްޓީސީސީ) ގެ "ކަށަވަރު ޕްރޮމޯ 2025" ބޮޑެތި ޑިސްކައުންޓްތަކާ އެކު މިއަދު ފަށައިފިއެވެ.
ކަށަވަރު ޕްރޮމޯ ފައްޓަވާދެއްވީ އެ ކުންފުނީގެ ޗީފް އޮޕަރޭޓިންގް އޮފިސަރު ސިނާން އަލީއެވެ. އަދި މި ހަފުލާގައި އެމްޓީސީސީގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.
މިއަދު ފެށި ޕްރޮމޯގެ މަޤްސަދަކީ އެމްޓީސީސީގެ ޕްރޮޑަކްޓްތައް ބޮޑެތި ޑިސްކައުންޓްތަކާއެކު ކަސްޓަމަރުންނަށް ފޯރުކޮށްދިނުމެވެ. މި ޕްރޮމޯގެ ދަށުން ޑިސްކައުންޓް ދެނީ ޔަންމާރ، ސުޒުކީ މެރިން، ޕީޕީޖީ، ކާސްޓްރޯލް، ކަސްޓޮލޮޑީ، މެރޮލް، ނަކަޝިމާ، ޑޮނަލްޑްސަން، އިންޑަސްޓްރިއަލް ގޭހުގެ ޕްރޮޑަކްޓްތަކުންނެވެ.
މި ޕްރޮމޯޝަންގައި ކޮންމެ ހަފުތާއެކު ގުރުއަތުން ހޮވޭ ފަރާތަށް ޚާއްސަ އިނާމްތަކެއް ލިބޭނެއެވެ. އެގޮތުން ސުޒުކީ ޑީއެފް 9.9 ގެ އިންޖީނާއެކު ސަޕްރައިޒް ހަދިޔާ ޕެކޭޖެއް ލިބިގެންދާނެއެވެ. މީގެއިތުރުން ކޮންމެ 5000 ރުފިޔާގެ ވިޔަފާރިއަކަށް ޚާއްސަ ކޫޕަނެއް ވެސް ވަނީ ކަނޑައަޅާފައެވެ.
އޮޑިވެރިންނާއި، މަސްވެރިންނާއި، އިންޖީނިއަރުން އަދި ފަތުރުވެރިކަމާއި ޓްރާންސްޕޯޓުގެ ދާއިރާގައި މަސައްކަތް ކުރާ ފަރާތްތަކަށް ޚާއްސަކޮށްގެން ކުރިޔަށްގެންދާ ޕްރޮމޯޝަންގެ މުއްދަތުގައި ވަރަށް ގިނަ އިތުރު ހަރަކާތްތަކެއް ރާވާފައިވެއެވެ.
އޭގެ ތެރޭގައި ގއ. ގދ. އަދ ށ. އަތޮޅަށް ޒިޔާރަތް ކުރުމާއި ކ. އަތޮޅުގެ ބަނދަރުތަކާއި ބޯޓްޔާޑްތަކުގައި ޕްރޮމޯޝަނަލް އިވެންޓްތައް ބޭއްވުން ހިމެނެއެވެ.
މި ޕްރޮމޯޝަނަކީ ކަސްޓަމަރުންނަށް ލުއި ފަސޭހަ ގޮތްތަކެއް ހޯދައިދިނުމަށް ޑިސެމްބަރު 1 އިން ޑިސެމްބަރު 31 އަށް ކުރިޔަށްގެންދާ ޕްރޮމޯޝަނެއް ކަމަށް އެމްޓީސީސީން ބުންޏެވެ.