ENGLISH

05 ޖުލައި 2025

Advertisement

އަމީންއާންމާއި ކައުންސެލް ޖެނެރަލް އަދި ސާޖަންޓް އެޓް އަރމްސް އިތުރު ދައުރަކަށް މަޤާމާ ހަވާލުވެވަޑައިގެންފި

02 ޑިސެމްބަރު 2024

|

އެމްއެމް ނިއުސް ޓީމް

މަގާމުގެ މުއްދަތު އިތުރުކުރެއްވި ތިން ބޭފުޅުން މަޖިލީހުގެ ރައީސް އަބްދުއްރަހީމް ޢަބްދުﷲއާ އެކު ފޮޓޯއަކަށް ހުއްޓިވަޑައިގެން. ފޮޓޯ: މަޖިލިސް

ރައްޔިތުންގެ މަޖިލީހުގެ އަމީންއާންމާއި، ކައުންސެލް ޖެނެރަލް އަދި ސާޖަންޓް އެޓް އަރމްސްގެ މަޤާމުގައި ތިއްބެވި ބޭފުޅުން އިތުރުދައުރަކަށް މަޤާމާ ހަވާލުވެވަޑައިގެންފިއެވެ.

އެބޭފުޅުން އަލުން މަގާމުތަކާ ހަވާލުވެވަޑައިގެންނެވީ މިދިޔަ ހަފުތާގައި މަޖިލީހުން އެ މަޤާމުގައި ތިއްބެވި ބޭފުޅުން އިތުރުދައުރަކަށް ޢައްޔަންކުރުމަށް ފާސްކުރުމާ ގުޅިގެންނެވެ.

ރައްޔިތުންގެ މަޖިލިހުގެ ޤަވައިދު ބުނާ ގޮތުން އަލަށް އެކުލަވާލާ ކޮންމެ މަޖިލިހެއް އިންތިހާބުވެ މަސައްކަތް ފެށުމަށްފަހު، ހިނގާ ފުރަތަމަ ދެ ދައުރު ނިމުމުގެ ކުރިން އަމީން އާންމާއި ކައުންސެލް ޖެނެރަލް އަދި ސާޖެންޓް އެޓް އަރމްސްގެ މަގާމަށް ބޭފުޅަކު އައްޔަން ކުރަން ޖެހެއެވެ.

އަދި ގަވައިދަށް އަމަލު ކުރަން ފެށުމަށްފަހު ހިނގާ ފުރަތަމަ ދެ ދައުރު ނިމުމުގެ ކުރިން މަޖިލިހުން އެހެން ގޮތަކަށް ކަނޑަނާޅާ ހިނދަކު، ހިނގަމުންދާ މަޖިލިހުގައި އެ ތިން މަގާމަށް ބޭފުޅުން އައްޔަން ކުރަންވާނެކަމަށްވެސް ގަވައިދުގައިވެއެވެ.

މި ގަވާއިދުގެ ދަށުން، ރައްޔިތުންގެ މަޖިލީހުގެ ރިޔާސަތުން ވަނީ މިހާރުވެސް އެމަގާމުތަކުގައި ތިއްބެވި ބޭފުޅުންގެ މަގާމުގެ މުއްދަތު އިތުރު ދައުރަކަށް ދެމެހެއްޓުމަށް ވޯޓަށް އަހާފައެވެ. އަދި މަޖިލީހުން ވަނީ އަމީންއާންމުގެ މަޤާމުގައި މިހާރުވެސް ހުންނެވި ފާތިމަތު ނިއުޝާ އެ މަޤާމަށް އައްޔަންކުރުމަށް ވޯޓުގައި ބައިވެރިވި މެންބަރުންގެ އިއްތިފާގުން ފާސްކުރައްވާފައެވެ.

އަދި ކައުންސެލް ޖެނެރަލްގެ މަގާމުގައި މިހާރުވެސް ހުންނެވި ފާތިމަތު ފިލްޒާވެސް އެ މަޤާމަށް އަލުން އައްޔަންކުރުމަށް ފާސްކުރައްވާފައިވާއިރު، ސާޖަންޓް އެޓް އަރމްސް ކަމަށް އެމަޤާމުގައިވެސް ކުރިން ހުންނެވި މޭޖަރ (ރޓޑ) ޠަލްހަތު ހަސަން ވަނީ ހަމަޖައްސަވާފައެވެ.

އަމީން އާންމާއި، ކައުންސެލް ޖެނެރަލާއި، ސާޖެންޓް އެޓް އަރމްސްގެ މަގާމުގެ މުއްދަތަކީ ފަސް އަހަރު ދުވަހެވެ.

ކިޔުންތެރިންގެ ހިޔާލު