ENGLISH
05 ޖުލައި 2025
ރައީސް މުޢިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންނެވި އިރު ރާއްޖޭގެ ހާލަތު އޮތީ ވަރަށް ދަށުގައި: މެމްބަރު ޢަލީ
02 ޑިސެމްބަރު 2024
|
އެމްއެމް ޓީވީގެ "ބޮޑު ޚަބަރު" ޕްރޮގްރާމުގައި ހޯރަފުށީ ދާއިރާގެ މެމްބަރު ޢަލީ ވާހަކަ ދައްކަވަނީ
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެރިކަމާ ހަވާލުވެވަޑައިގަތުމަށް ފަހު އެމަނިކުފާން ދެން ހަވާލުވެވަޑައިގަންނަވަން ޖެހުނީ ބަނގުރޫޓުވެފައި އޮތް ގައުމަކާާ ކަމަށް ހޯރަފުށީ ދާއިރާގެ މަޖިލިސް މެމްބަރު، ޢަލީ މޫސާ ވިދާޅުވެއްޖެ އެވެ.
އެމްއެމް ޓީވީގެ "ބޮޑު ޚަބަރު" ޕްރޮގްރާމްގައި ވާހަކަދައްކަވަމުން މެންބަރު އަލީ ވިދާޅުވީ ދުނިޔޭގެ ފައިނޭންޝިއަލް ބޭންކްތަކުން ރާއްޖޭގެ މާލީ ހާލަތު ސިފަކޮށްފައި އޮތީ ވަރަށް ދަށްކޮށް ކަމަށާއި ރާއްޖޭގެ އިގްތިސާދު ވެސް އޮތީ ވަރަށް ދަށު ދަރަޖައެއްގައި ކަމަށެވެ.
ރާއްޖޭގެ އިގްތިސާދީ ހާލަތު ދަށަށް ދާން މެދުވެރިވި މައިގަނޑު ސަބަބެއްގެ ގޮތުގައި މެމްބަރު ފާހަގަކުރެއްވީ އެއީ މާކުރިން ރޭވިގެން ކުރެވުނު ކަމެއްގެ ނަތީޖާ ކަމަށެވެ.
މިދިޔަ ވެރިކަމުގައި ކަންކަން ކޮށްފައި އޮތީ ރައީސް މުޢިއްޒު ވެރިކަމާ ހަވާލުވެވަޑައިގަންނަވާ އިރު ރާއްޖެ ބަނގުރޫޓްވާ ގޮތަށް ކަމަށް މެންބަރު ވިދާޅުވި އެވެ. އެ ގޮތަށް ގަބޫލުކުރެވޭ ސަބަބުތަކުގެ ތެރޭގައި މެމްބަރު ފާހަގަކުރެއްވީ ބޭރުގެ ބޮޑެތި ލޯނުތަކާއި، ރާއްޖޭގެ ކުންފުނިތަކަށް އަދާކުރަންޖެހޭ ދަރަނިތައް އިންތިހާއަށް އިތުރުވެފައިވުން ކަމަށެވެ.
އެހެން ނަމަވެސް އިގްތިސާދު ނަގަހައްޓައި ކުރިއެރުވުމަށް ނުހަނު ގިނަ މަސައްކަތެއްކޮށް، ކަންކަން ހައްލު ކުރައްވަމުން ގެންދަވާ ކަމަށް މެންބަރު އަލީ ވިދާޅުވިއެވެ. މި ގޮތުން ދައްކަންޖެހި ނުދެއްކި އެއްވެސް ލޯނެއް މިހާތަނަށް އައިއިރު ނެތް ކަން ފާހަގަކުރެއްވި އެވެ.
"އަޅުގަނޑުމެންނަށް ފާހަގަކުރެވެނީ މި ހިނގާ އަހަރު އެކަނި ގާތްގަނޑަކަށް ޑެފިސިޓް އެބަ އުޅޭ 13 ބިލިއަނުން" މެމްބަރު ވިދާޅުވި އެވެ.
މީގެ އިތުރުން މެމްބަރު ފާހަގަކުރެއްވީ އެޕްޑީޕީގެ ވެރިކަން ނިމެމުން ދިޔަ އިރު އެސްއޯއީތަކަށް މުސާރަ ނުދެވުމުގެ ސަބަބުން، ރާއްޖޭގެ އެތެރޭގެ ބޭންކުތަކުން ދައުލަތަށް ޒިންމާވާ ގޮތަށް ލޯނު ނަގައިގެން މުސާރަ ދީފައިވާ ކަމަށެވެ.