ENGLISH
05 ޖުލައި 2025
މާލޭގެ ކަންކަންމަތީ ބިއްޖެހިފައި ތިބޭ މީހުން މިހާރު މަދުވާނެ: ޞިއްދީޤު
01 ޑިސެމްބަރު 2024
|
ސްޓޭޓް މިނިސްޓަރ އަޙްމަދު ޞިއްދީޤު. --ފޮޓޯ:ޕީއެސްއެމް
މާލޭގެ މަގުތަކުގެ މަތީގައި ބިއްޖެހިފައި ތިބޭ މީހުން މިހާރު މަދުވާނެ ކަމަށް ދާޙިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓާރ އަޙްމަދު ޞިއްދީޤު ވިދާޅުވެއްޖެއެވެ.
އެމްއެމް ޓީވީގެ "ބޮޑު ޚަބަރު" ޕްރޮގަރާމުގައި ވާހަކަ ދައްކަވަމުން ސްޓޭޓް މިނިސްޓަރ ވިދާޅުވީ މަސްތުވާތަކެތީގެ ވަބާގައި ޖެހި މަގުމަތިވެފައިވާ މީހުން މިހާރު މަދުވަމުން ދަނީ މަސްތުވާތަކެތީގެ ސަޕްލައި މަދުވެ، އަގު އުފުލުމާ ގުޅިގެން ކަމަށެވެ. އަދި މިހެން މިވަނީ ސަރުކާރުން ހެޔޮ ނިޔަތުގައި ކަންކުރާތީ ކަމަށް ޞިއްދީޤު ވިދާޅުވިއެވެ.
" ރާއްޖޭގައި މާރކެޓް ޕްރައިސް މިއަދު ވަރަށް ހައި. މީގެން މި އިންޑިކޭޓް ކުރެވެނީ ސަރުކާރުން މިކަންކޮށްފިކަން ހެޔޮ ނިޔަތުގައި" - ސްޓޭޓް މިނިސްޓާރ އަޙްމަދު ޞިއްދީޤް
މަސްތުވާތަކެތީގެ ވަކިތަކުގައި ޖެހިފައި ތިބޭ މީހުން ރިހެބިލިޓޭޓް ކުރެވި ރީއިންޓީގްރޭޓް ކުރާނެކަމަށް ވެސް ސްޓޭޓް މިނިސްޓަރ ވިދާޅުވިއެވެ. އަދި މަސްތުވާތަކެތީގެ ވިޔަފާރި ކުރާ މީހުން އެކަން އަމިއްލަ އަކަށް ހުއްޓުމަށް ވެސް ޞިއްދީޤު ގޮވާލެއްވި އެވެ.
އޭނާ ވިދާޅުވީ ގޭންގު ކުށްތައް މިހާރަށް ވުރެ މަދުކުރުމަށްޓަކައި ޤާނޫނީ ބޮޑެތި ބަދަލުތަކެއް، ރައްޔިތުން މަޖިލީހުން ވަރަށް އަވަހަށް ފާސްކުރާނެ ކަމަށެވެ. އެގޮތުން ނުޙައްޤުން މުއްސަނދިކަން ހޯދާ ނުވަތަ ކުއްލިއަކަށް މުއްސަނދިވާ މީހުން، އެ މުއްސަނދިކަން ލިބުނީ ޙަލާލު ގޮތުގައިކަން ސަރުކާރަށް ސާބިތުކޮށްދޭން ޖެހޭނެ ކަމަށެވެ.