ENGLISH

05 ޖުލައި 2025

Advertisement

ރާއްޖޭގައި އުޅޭ ބިދޭސީންގެ ސައްޙަ އަދަދު ހަތަރު މަސްތެރޭ ސާފުވާނެ: ޞިއްދީޤު

01 ޑިސެމްބަރު 2024

|

ޝަރާ އަބްދުﷲ

ސްޓޭޓް މިނިސްޓާރ އަޙްމަދު ޞިއްދީޤް "ބޮޑު ޚަބަރު" ޕްރޮގްރާމުގައި

އަންނަ އަހަރުގެ މާރޗް މަސް ނިމެންވާއިރަށް ދިވެހި ރާއްޖޭގައި ތިބީ ކިތައް ބިދޭސީންތޯ ދިވެހި ރައްޔިތުންނަށް އިންގޭނެ ކަމަށް ދާޙިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ އަޙުމަދު ޞިއްދީޤު ވިދާޅުވެއްޖެއެވެ.

އެމްއެމް ޓީވީގެ "ބޮޑު ޚަބަރު" ޕްރޮގްރާމްގައި މިރޭ ވާހަކަފުޅު ދައްކަވަމުން ސްޓޭޓް މިނިސްޓަރ ވިދާޅުވީ ބިދޭސީންނާ ގުޅޭ 2013 ވަނަ އަހަރުގެ ކުރީގެ އެއްވެސް ރެކޯޑެއް ފެންނަން ނެތް ކަމަށެވެ.

"މިއަދާ ހަމައަށް އައިރު ދިވެހި ރާއްޖޭގެ ތިބީ ކިތައް ބިދޭސީން ކަމެއް ދިވެހިންނަކަށް ނޭންގޭ." -  ސްޓޭޓް މިނިސްޓާރ އަޙްމަދު ޞިއްދީޤު

ނަމަވެސް މިހާރު މިކަން ޙައްލުކުރުމުގެ މަސައްކަތް ފަށައިގެން ކުރިއަށް ގެންދަވާކަން ފާހަގަކުރައްވައި ޞިއްދީޤު ވިދާޅުވީ، ބިދޭސީންގެ ފިންގާރ ޕްރިންޓް ވެރިފައިކޮށް ބަޔޯމެޓްރިކްސް ނަގަމުންދާ ކަމަށެވެ. އަދި މި މަސައްކަތް އަންނަ އަހަރުގެ މާރޗް މަސް ނިމުމުގެ ކުރިން ނިމޭނެ ކަމަށް ވެސް ވިދާޅުވިއެވެ.

މި އަހަރު ތެރޭގައި އެކަނިވެސް، ޤަވައިދާ ޙިލާފަށް އުޅޭ 5،000 އާ ގާތްކުރާ އަދަދަކަށް ބިދޭސީން ޑީޕޯޓްކޮށްފައިވާނެ ކަމަށާއި މިއީ އެއް އަހަރަށް ބަލާއިރު ބޮޑު އަދަދެއް ކަމަށް ސްޓޭޓް މިނިސްޓަރ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ މީގެ ސަބަބުން ރައްޔިތުންނަށް ހިތްހަމަޖެހުން ލިބި، ސީދާ މަންފާ ކުރާނެ ކަމަށެވެ. އަދި މިގޮތަށް އުޅޭ ބިދޭސީން ފޮނުވާލެވުމުން ރާއްޖޭގައި ޤަވައިދާ ޙިލާފަށް ޑޮލަރު ވިއްކާ މީހުން މަދުވެ ޑޮލަރުގެ މައްސަލައަށް ޙައްލެއް ލިބިގެންދާނެ ކަމަށް ވެސް ސްޓޭޓް މިނިސްޓާރ ފާހަގަކުރެއްވިއެވެ.

ރައީސުލްޖުމްހުރިއްޔާ ޑރ. މުހައްމަދު މުޢިއްޒުގެ ސަރުކާރަކީ ރައްޔިތުންގެ ކަންބޮޑުވުންތައް ބަލައި، ރައްޔިތުންނަށް ގެއްލުންވާ ކަމެއް ނަމަ އެކަމެއް ހުއްޓުވާ ސަރުކާރެއް ގޮތުގައި ސްޓޭޓް މިނިސްޓަރ ސިފަކުރެއްވިއެވެ.

ކިޔުންތެރިންގެ ހިޔާލު