ENGLISH
05 ޖުލައި 2025
އެގްރިކަލްޗަރ އެންޑް އެނިމަލް ވެލްފެއަރ މިނިސްޓްރީ ވަގުތީ ގޮތުން ހިންގެވުން ޑރ. މާރިޔާ އަށް
01 ޑިސެމްބަރު 2024
|
މިނިސްޓްރީ އޮފް އެގްރިކަލްޗަރ އެންޑް އެނިމަލް ވެލްފެއަރ ހިންގެވުން ވަގުތީ ގޮތުން، މިނިސްޓަރ އޮފް ހަޔަރ އެޑިޔުކޭޝަން، ލޭބަރ އެންޑް ސްކިލްސް ޑިވެލޮޕްމަންޓް، ޑޮކްޓަރ މަރްޔަމް މާރިޔާއާ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، މިއަދު ޙަވާލުކުރައްވައިފިއެވެ.
ރަޢީސުލްޖުމްހޫރިއްޔާގެ އޮފީހުން މިރޭ ނެރުނު ބަޔާނެއްގައި ވަނީ ޞިއްޙީ ޙާލުކޮޅު ހުރިގޮތުން ޑޮކްޓަރ ޢާއިޝަތު ރަމީލާ، މިނިސްޓަރ އޮފް އެގްރިކަލްޗަރ އެންޑް އެނިމަލް ވެލްފެއަރގެ މަޤާމުން މިއަދު އިސްތިޢުފާދެއްވާފައިވާ ކަމަށެވެ. އަދި މަޤާމަށް ބޭފުޅަކު ޢައްޔަނުކުރެވެންދެން ހަޔަރ އެޑިޔުކޭޝަން މިނިސްޓަރ، ޑޮކްޓަރ މަރްޔަމް މާރިޔާ އެ މަގާމއާ ހަވާލުވެވަޑައިގަންނަވާނެ ކަމަށެވެ.
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ ސަރުކާރުގެ މިނިސްޓަރ އޮފް އެގްރިކަލްޗަރ އެންޑް އެނިމަލް ވެލްފެއަރގެ މަޤާމަށް ޑޮކްޓަރ ޢާއިޝަތު ރަމީލާ ޢައްޔަނު ކުރެއްވީ ނޮވެމްބަރ 17، 2023 ވަނަ ދުވަހު، ދިވެހި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަޤާމުގެ ހުވާ ކުރެއްވުމަށްފަހު، އެ ރޭގެ ވަގުތެއްގައެވެ.
ޑޮކްޓަރ ޢާއިޝަތު ރަމީލާ ވަނީ މިނިސްޓަރ އޮފް ސްޓޭޓް ފޮރ ހެލްތުގެ މަޤާމާއި، މިނިސްޓަރ އޮފް ސްޓޭޓް ފޮރ ހެލްތު އެންޑް ފެމެލީގެ މަޤާމު ވެސް އަދާކުރައްވައިފައެވެ.