ENGLISH

05 ޖުލައި 2025

Advertisement

ޤައުމީ ތަރައްގީގެ ޕްލޭން އެކުލަވާލުމަށް ބޭރުގެ ކޮންސަލްޓެންސީ ފާމެއް ހޯދަނީ

01 ޑިސެމްބަރު 2024

|

އެމްއެމް ނިއުސް ޓީމް

ގައުމީ ތަރައްގީގެ މަޝްރޫޢު އެކުލަވާލުމުގެ މަސައްކަތް ރައީސުލްޖުމްހޫރިއްޔާ އިފްތިތާހުކޮށްދެއްވުމުގެ ރަސްމިއްޔާތުގެ ތެރެއިން

20 އަހަރުގެ ޤައުމީ ތަރައްގީގެ ޕްލޭނެއް އެކުލަވާލުމުގެ މަސައްކަތް ކޮށްދޭނެ އިންޓަނޭޝަނަލް ކޮންސަލްޓެންސީ ފާމެއް ހޯދަން ފިނޭންސް މިނިސްޓްރީން އިއުލާނުކޮށްފި އެވެ.

ފިނޭންސް މިނިސްޓްރީން ކުރި އިއުލާނެއްގައި ބުނެފައިވަނީ، ބޭރުގެ މި ކޮންސަންޓެންސީ ފާމް ހޯދަނީ ހައުސިން މިނިސްޓްރީގެ އެދުމުގެ މަތިން ކަމަށެވެ.

މިމަސައްކަތަށް އެކްސްޕްރެޝަން އޮފް އިންޓްރެސްޓް (އީއޯއައި) ހުށަހެޅުމުށް ޝަރުތުހަމަވާ ހުރިހާ ފަރާތްތަކަށް ފިނޭންސް މިނިސްޓްރީން ވަނީ ހުޅުވާލާފަ އެވެ.

ފިނޭންސް މިނިސްޓްރީން ބުނީ، މި މަސައްކަތުގެ މަގުސަދަކީ ކުރިއަށް އޮތް 20 އަހަރު ދުވަހުގެ ތެރޭގައި ދިވެހިރާއްޖޭގެ ދެމެހެއްޓެނިވި އިގްތިސާދީ، އިޖްތިމާއީ، ތިމާވެށި، އަދި އާބަން ޑިވެލޮޕްމަންޓުގެ ގައުމީ ތަރައްގީގެ ޕްލޭނެއް އެކުލަވާލުން ކަމަށެވެ.

މި މަސައްކަތްތަކަށް ޝައުގުވެރިކަން ފާޅުކުރާ ފަރާތްތަކުގެ ތެރެއިން ޝޯޓް ލިސްޓް ކުރެވޭ ފަރާތްތަކަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު ދޭން ކަމަށްވެސް ފިނޭންސް މިނިސްޓްރީން ބުނެފައިވެ އެވެ.

ފިނޭންސް މިނިސްޓްރީއިން ބުނީ، މި މަސައްކަތަށް ޝައުގުވެރިވާ ފަރާތްތަކުން މި މަހުގެ 16ވަނަ ދުވަހުގެ މެންދުރު ފަހު 2:00 ގެ ކުރިން، ”އެކްސްޕްރެޝަން އޮފް އިންޓަރެސްޓް“ މެއިލް ނުވަތަ އީމެއިލް މެދުވެރިކޮށް ފޮނުވުމަށްވެސް އެދިފަ އެވެ.

ވިހި އަހަރުގެ ތަރައްޤީގެ ޕްލޭން އެކުލަވާލުމަށް އާންމުންގެ ޚިޔާލު ހޯދުމަށް ބާއްވާ މަޝްވަރާ ބައްދަލުވުންތައް އިފްތިތާހު ކޮށްދެއްވާފައި ވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު. 

ކިޔުންތެރިންގެ ހިޔާލު