ENGLISH
05 ޖުލައި 2025
ޕްރޮފެޝަނަލް އެންޑް ކެރިއަރ ވިމަން އެވޯޑްސް 26 ކަނބަލުން ޙާސިލްކޮށްފި
01 ޑިސެމްބަރު 2024
|
ޕްރޮފެޝަނަލް އެންޑް ކެރިއަރ ވިމަން އެވޯޑްސްގެ ރަސްމިއްޔާތުގެ ތެރެއިން. ފޮޓޯ: ޕީއެސްއެމް
މި އަހަރުގެ ޕްރޮފެޝަނަލް އެންޑް ކެރިއަރ ވިމަން އެވޯޑްސް 26 ކަނބަލަކަށާއި ފިރިހެނަކު ޙާސިލުކޮށްފިއެވެ.
މި އެވޯޑަކީ އަންހެނުން ބާރުވެރި ކުރުމަށްޓަކައި މަސައްކަތްކުރާ ބައިނަލްއަޤްވާމީ ޖަމިއްޔާއެއްގެ ދަށުން ހިންގަމުން އަންނަ ވިމެން އިން މެނޭޖްމެންޓް މޯލްޑިވްސް ޖަމިއްޔާއިން ދެމުން އަންނަ އެވޯޑެކެވެ.
ޕްރޮފެޝަނަލް އެންޑް ކެރިއަރ ވިމަން އެވޯޑްސްގެ ރަސްމިއްޔާތުގެ ތެރެއިން. ފޮޓޯ: ޕީއެސްއެމް
މި އެވޯޑް ދިނުމުގެ ރަސްމިއްޔާތު ޝަރަފްވެރި ކޮށްދެއްވާފައި ވަނީ މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާ ބެހޭ ވަޒީރު ޑރ. މަރްޔަމް މާރިޔާއާއި، އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާއި ބެހޭ ވަޒީރު ޑރ. ޢާއިޝަތު ޝިހާމްއެވެ. މިއީ މިޖަމިއްޔާއިން މި އެވޯޑްދޭތާ 6 ވަނަ އަހަރެވެ. މި އެވޯޑަކީ ރާއްޖޭގެ އެކި ދާއިރާތަކުން ފާހަގަކޮށްލެވޭ އަންހެނުން ކުރާ މަސައްކަތްތަކުގެ އަގުވަޒަންކޮށް، އެ މީހުންނަށް ހިތްވަރުދިނުމުގެ ގޮތުން ދެމުން އަންނަ އެވޯޑެކެވެ.
ރާއްޖޭގެ ވިޔަފާރީގެ ދާއިރާ އަދި ކެރިއަރުގައި ކާމިޔާބު ހޯދާފައިވާ ހީވާގި ކަންބަލުންނަށް މިއަހަރުގައި ވެސް އެވޯޑް ދީފައިވެއެވެ. މީގެ ތެރެއިން ވިމެން އޮފް ދަ އިޔަރ ލިބިފައިވަނީ އއ. އުކުޅަހަށް ނިސްބަތްވާ ޒަހިއްޔާ މުޙައްމަދަށެވެ. އަދި ޔޫތު ލީޑަރ އޮފް ދަ އިޔަރ ލިބިފައިވަނީ މަރްޔަމް ތަސައްނަމް ވަހީދަށެވެ. އަދި މިފަހަރު މިއެވޯޑް ހޯޕް ފޯ ވުމެންގެ ޗެއާރމަން ވަނީ ހާސިލުކޮށްފައެވެ.
ޕްރޮފެޝަނަލް އެންޑް ކެރިއަރ ވިމަން އެވޯޑްސްގެ ރަސްމިއްޔާތުގެ ތެރެއިން. ފޮޓޯ: ޕީއެސްއެމް
ދިރާގަށް ވެސްވަނީ މި ރަސްމިއްޔާތުގައި އެވޯޑްދީފައެވެ. މި އެވޯޑްގެ މަޤްސަދަކީ އަންހެނުންނަށް ފަހި ފުރުސަތުތަކެއް ހޯދައިދީ، އިޤްތިޞާދީ ކުރިއެރުން އަންހެނުންނަށް ހޯދައިދިނުމެވެ.
މީގެ ކުރިން މި އެވޯޑް 170އަށް ވުރެ ގިނަ ދިވެހި ކަނބަލުންނަށް ދީފައެވެ.