ENGLISH

05 ޖުލައި 2025

Advertisement

މިއަދަކީ ދުނިޔޭގެ އެއިޑްސް ދުވަސް

01 ޑިސެމްބަރު 2024

|

ޢަލީ ޝާހީން

މިއަދަކީ ދުނިޔޭގައި ފާހަގަކުރާ އެއިޑްސް ދުވަހެވެ.

މިދުވަހަކީ އެއިޑްސް ބައްޔާ ބެހޭ ގޮތުން ހޭލުންތެރިކުރުވާ ބައްޔާ ދެކޮޅަށް މަސައްކަތް ކުރުމަށް 1988 ވަނަ އަހަރުން ފެށިގެން ދުނިޔޭގެ ފެންވަރުގައި ފާހަގަކުރާ ދުވަހަކެވެ.

މިއަހަރަށް ޚާއްސަކޮށްފައިވާ ދުވަހާ ގުޅޭ ޝިޢާރެއް ކަމަށް ދުނިޔޭގެ ސިއްޙަތާ ބެހޭ ޖަމިއްޔާއިން އިޢުލާނުކޮށްފައިވަނީ "ޙައްޤު ހިޔާރުކުރޭ, އަހަރެންގެ ސިއްޙަތު, އަހަރެންގެ ޙައްޤު." އަދި ދިވެހިރާއްޖޭގައި ދުވަހާ ގުޅޭ ޚާއްސަ ޝިޢާރެއް ކަމަށް ހެލްތް ޕްރޮޓެކްޝަން އޭޖެންސީއިން އިޢުލާންކޮށްފައިވަނީ "އަހަންނަކީ ދުޅަހެޔޮ މީހެއް، އަހަރެން ދިރިއުޅެނީ އެޗްއައިވީ އާ އެކު". މި ޝިޢާރު މަޤްސަދަކީ އެހެން މީހުންނެކޭ އެއްފަދައިން އެޗްއައިވީ ޖެހިފައިވާ ބަލި މީހުންނަށް ވެސް އެންމެ އެކަށޭނެ ބޭސް ފަރުވާގެ ފުރުޞަތު ހަމަހަމައަށް ލިއްބައިދިނުމެވެ. އެހެނީ، އެޗްއައިވީގެ ބަލި މީހުންނަށް ވެސް ސިއްޙީ ދުޅަހެޔޮކަން ދެއްވިއްޖެ ނަމަ, ބައްޔާ އެކު ވެސް, އުފާވެރި ދިގު އުމުރެއް އުޅެވޭނެކަމުގެ ހޭލުންތެރިކަން އިތުރުކުރުމެވެ.

2023 ވަނަ އަހަރާ ހަމައަށް ދުނިޔޭގެ އާބާދީގައި އެޗްއައިވީ ޖެހިފައިވާ ކަމަށް 39.9 އިންސައްތަ މީހުން ރެކޯޑް ކުރެވިފައިވެއެވެ. މިދިޔަ އަހަރު އެކަނިވެސް 1.3 މިލިއަން މީހުން އަލަށް މި ބަލި ޖެހުނު ކަމަށް ނިންމާ ޑައިގްނޯސް ކޮށްފައިވާ ކަމަށް ރެކޯޑްތަކުން ދައްކައެވެ. މި ބަލީގައި މަރުވާ މީހުންގެ އިންސައްތައަށް ބަލާ އިރު, ދުނިޔޭގެ ސިއްޙަތާ ބެހޭ ޖަމިއްޔާގެ އެންމެ ފަހުގެ ރެކޯޑްތަކުން ފެންނަން ހުރީ 2023 ވަނަ އަހަރު އެކަނި ވެސް 6 ލައްކަ 30 ހާސް މީހުން މި ބަލީގައި މަރުވެފައިވާކަމެވެ.

މި ބައްޔަކީ ދާއިމީ ފަރުވާ އެއް އަދި މިހާތަނަށް ހޯދިފައި ނުވާ ބައްޔެކެވެ. ބަލި ފެތުރުމާއި މަރުވާ އިންސައްތައަށް ބަލާ ނަމަ, އާލަމީ ވަބާއެކެވެ. މި ބައްޔާ މެދު ދިވެހިން ހޭލުންތެރިކުރުމަށް އެޗްޕިއޭގެ މަންސަތަކުގައި މިއަދު ދަނީ ބަލީގެ މައުލޫމާތާއި ހޭލުންތެރިކުރުމުގެ މެސެޖުތައް ޙިއްސާކުރަމުންނެވެ. އޭގެ ތެރޭގައި ބަލި ފެތުރޭ ގޮތާއި ރައްކާތެރި ވާނެ ގޮތްތަކާއި ބެހޭ މައުލޫމާތު ހިމެނެއެވެ

ކިޔުންތެރިންގެ ހިޔާލު