ENGLISH

05 ޖުލައި 2025

Advertisement

ޑިސެމްބަރު އުމްރާގައި ޓްރެކިން ޑިވައިސް ބޭނުންކުރުމަށް މޯލްޑިވްސް ޙައްޖު ކޯޕަރޭޝަނުން ނިންމައިފި

01 ޑިސެމްބަރު 2024

|

އެމް އެމް

ހައްޖު ކޯޕަރޭޝަންގެ ފަރާތުން ހައްޖަށް ދިޔަ ބަޔަކު ޓެންޓުގައި މަޑުކޮށްލައިގެން

ޑިސެންބަރު އުމްރާގައި ޓްރެކިން ޑިވައިސް ބޭނުންކުރުމަށް މޯލްޑިވްސް ޙައްޖު ކޯޕަރޭޝަނުން ނިންމައިފިއެވެ.

ޙައްޖު ކޯޕަރޭޝަންގެ ޑެފިއުޓީ މެނޭޖިންގ ޑިރެކްޓަރ އަލްއުސްތާޛް އަލީ ޝަރީފް ވިދާޅުވީ، މީހުން ގެއްލިގެން ގިނަ ވަގުތުތަކެއް ވެގެންދިއުމުން ނަފްސާނީގޮތުން ވަރަށް ބޮޑަށް ބަލިވުން ފަދަ ކަންކަން މީގެކުރިން ދިމާވެފައި އެބަހުރިކަމަށާއި ނަމަވެސް ނިމިދިޔަ ޙައްޖުގައި އެކޯޕަރޭޝަނުން މުޅިން އަލަށް ޓްރެކިން ޑިވައިސް ބޭނުންކުރުމުން އޭގެ ނަތީޖާ ފެނުނީ ވަރަށް ރަނގަޅަށް ކަމަށެވެ.

އެހެންކަމުން މި ޑިސެންބަރު އުމްރާ ދަތުރަކީ ޙައްޖު ކޯޕަރޭޝަންގެ ހަވާލުގައި އެންމެ ގިނަ މީހުން އުމްރާއަށްދާ ފަހަރު ކަމަށް ވާތީ ޙައްޖު ކޯޕަރޭޝަނުން މި ފަހަރުގެ އުމްރާގައި ޓްރެކިންގ ޑިވައިސް ބޭނުން ކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ.

ހައްޖު ކޯޕަރޭޝަނާ ގުޅިގެން ރޯދަ މަހު 800 މީހުން އުމުރާއަށް ދާނެއެވެ. 

 އަލްއުސްތާޛް އަލީ ޝަރީފް އިތުރަށް ވިދާޅުވީ ހައްޖު ކޯޕަރޭޝަނަކީ ފައިދާވާ ކުންފުންޏަކަށް ހެދުމަށް މިހާރު ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށާއި، އެގޮތުން ރިއަލް އެސްޓޭޓް ދާއިރާ ނޫން އެހެން ދާއިރާތަކުންވެސް އިންވެސްޓު ކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށާއި، ދިގު މުއްދަތަކަށް ކުންފުންޏަށް އާމްދަނީ ލިބޭނެ ގޮތްތައް ބަލަމުންދާ ކަމަށެވެ.

ހައްޖުކޯޕަރޝަނުން މާފުށީ ކައުންސިލާ ގުޅިގެން އެރަށުގައި ސިޓީ ހޮޓަލެއް އެޅުމަށް އޮކްޓޫބަރު މަހު ވަނީ އެމްއޯޔޫއެއްގައި ސޮއިކޮށްފައެވެ. އަދި އެ ކުންފުނީ ގެ އެމްޑީ ވިދާޅުވެފައިވަނީ މާފުށީގައި ހަލާލް ޓޫރިޒަމަށް އެކުންފުންނާ އެކު އިންވެސްޓް ކުރުމަށް ބޭރުގެ ފަރާތްތަކުން ޝައުގުވެރިކަން ފާޅުކޮށްފައިވާ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު