ENGLISH

13 ނޮވެމްބަރު 2025

Advertisement

ކ. ގުޅި ބިންހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢުގެ ނިމުން ފާހަގަކުރުމުގެ ރަސްމިއްޔާތު ރައީސް ޝަރަފުވެރިކޮށްދެއްވުން

13 ނޮވެމްބަރު 2025

|

ހަސަން އާމިރު

ކ. ގުޅީ ބިންހިއްކުމުގެ މަޝްރޫޢު ނިމުމަކީ، ރައްޔިތުންގެ ތަރައްޤީގެ ގިނަ ކަންތައްތަކެއްގެ ފެށުމަށް އެއްލުނު ޞަފުޙާއެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެ. އެމަނިކުފާނު މިފަދައިން ވިދާޅުވީ، މާލެއަތޮޅު ގުޅީ ބިންހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢުގެ ޢަމަލީ މަސައްކަތުގެ ނިމުން ފާހަގަކުރުމުގެ ގޮތުން، އެ ރަށު ހިއްކިބިމު ސަރަޙައްދުގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅުދައްކަވަމުން. މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، މިއީ ވަރަށް ގިނަ ބައެއްގެ ބުރަ މަސައްކަތްކަން ފާހަގަކުރައްވައި، އެ ހުރިހާ ފަރާތްތަކެއްގެ އަގު ވަޒަންކުރެއްވި. އަދި ރައްޔިތުން ބޭނުންވާ ގޮތަށް ބިން ބޭނުންކުރުމަށްޓަކައި ހައްދަވާ ލޭންޑްޔޫސް ޕްލޭން ވެގެންދާނީ އެންމެ ހެޔޮ ގޮތުގައި ބިމުގެ ބޭނުން ހިފުމަށް ފަހިވެގެންދާނެ ޕްލޭނަކަށް ކަމުގައި އެމަނިކުފާނު ވިދާޅުވި. ރައްޔިތުން ބޭނުންވާ ކަންކަން ކުރުމުގައި ސަރުކާރުން ފުރިހަމަ އެއްބާރުލުން ދެއްވާނެކަމުގެ ޔަޤީންކަންވެސް ރައީސުލްޖުމްހޫރިއްޔާ ވަނީ ކ. ގުޅީގެ ރައްޔިތުންނަށް ދެއްވާފަ. އެގޮތުން، ގޯތިގެދޮރު ބިނާކުރުން ފަދަ ކަންކަމުގެ މަގުފަހިކޮށްދެއްވަމުން ގެންދަވާނެކަމުގައިވެސް އެމަނިކުފާނު ވިދާޅުވި.

ކިޔުންތެރިންގެ ހިޔާލު